މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ އިޢުލާން (ނަންބަރު: IUL)101-AF/1/20124/128) އާ ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ މަޤާމުތަކުގެ ޓީ.އޯ.އާރ އަށް ބައެއް ބަދަލު ގެނެވިފައިވުމާއެކު، އެ އިޢުލާން ބާޠިލުކޮށް އެ މަޤާމުތަކަށް އަލުން އިޢުލާން ކުރަމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވޭ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ.ޑީ.އެސް.ސީ) ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. ބީ.ޑީ.އެސް.ސީ އާ ބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ވާ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

ގދ. ތިނަދޫ ބީޑީއެސްސީ އަށް

- 01 މެނޭޖަރ

- 01 ޓްރޭނިންގ ކޯރޑިނޭޓަރ

- 01  އެޑްމިން ފައިނޭންސް އޮފިސަރ

ލ. ފޮނަދޫ ބީޑީއެސްސީ އަށް

- 01 މެނޭޖަރ

- 01 ޓްރޭނިންގ ކޯރޑިނޭޓަރ

- 01  އެޑްމިން ފައިނޭންސް އޮފިސަރ

ދ. ކުޑަހުވަދޫ ބީޑީއެސްސީ އަށް

- 01 މެނޭޖަރ

- 01 ޓްރޭނިންގ ކޯރޑިނޭޓަރ

- 01  އެޑްމިން ފައިނޭންސް އޮފިސަރ

ޅ. ނައިފަރު ބީޑީއެސްސީ އަށް

- 01 މެނޭޖަރ

- 01 ޓްރޭނިންގ ކޯރޑިނޭޓަރ

އައްޑޫ ސިޓީ ބީޑީއެސްސީ އަށް

- 01 މެނޭޖަރ

މި މަޤާމުތަކަށް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

މިނިސްޓްރީއަށް މި ވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓް ކުރެވިފައި)
  • ކުރިން މަސައްކަތް ކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 04 ޖަނަވަރީ 2015 ގެ 14:00 ގެކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅާއިރު އެދިލައްވަނީ ކޮން ސެންޓަރެއްގެ މަޤާމަކަށްކަން އެނގޭގޮތަށް ބަޔާން ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

ސިޓީއުރައިގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

ވަޒީފާއާ ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: ، 3333123، 3333196 (960)+

އީމެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

‏02 ރަބީޢުލްއައްވަލް‏ 1436

24 ޑިސެންބަރު 2014
ހޯދާ