މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ކައްކައި ކާންދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސަރވިސްގެ ގއ.ދާންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ކުށުގެ ތުހުމަތުގައި ގއ.ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަަށް ގެނެވޭ ފަރާތްތަކަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޖަނަވަރީ 04 ވާ އާދީއްތަ ދުވަހުގެ 10:00ގައި ގއ.ދާންދޫ ޕޮލިސް ސްޓޭޝަންގައެވެ.
  3. ބީލަންތައް ހުޅުވުން އޮންނާނީ 2015 ޖަނަވަރީ 07 ވާ ބުދަ ދުވަހުގެ 10:00ގައި ގއ.ދާންދޫ ޕޮލިސް
  4. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަން ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތައް ނޯޓްކުރާ ކަރުދާހުގައި މަޢުލޫމާތު ސާފުކުރި ފަރާތްތައް ކަމަށް ނޯޓްކުރެވިފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ނުވަތަ ނޯޓް ކުރެވޭނީ އެންމެ ނަމެކެވެ.
  6. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
28 ޑިސެންބަރު 2014
ހޯދާ