ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1

އަދަދު: 01

އަސާސީ މުސާރަ: -/4350ރ. އާއި -/5100ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ އައި.ޖީ.އެމް.އެޗް ބޭސްފިހާރަ

އެހެނިހެން އިނާޔަތްތައް:

* ފުޑް އެންޑް ހާރޑްޝިޕް އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރު އެލަވަންސް: -/528ރ އާއި -/728ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)  

މަޤާމުގެ މަސްއޫލިއްޔަތު

* ބޭސް ދޫކުރުން

* ފައިސާ ބަލައިގަތުން އަދި ކްރެޑިޓް ބިލް ހެދުން

* ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން

* ހަރުތަކުގައި ބޭސްޖެހުން

* މުއްދަތުހަމަވާ ބޭސްތައް ބަލައި ޗެކްުކުރުން

ތަޢުލީމީ ތަޖުރިބާ:

* އެޑްވާންސް ސެޓުފިކެޓު އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން

* ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އަދި އެކްސެލް)

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން

* ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 4 ޖަނަވަރީ 2014ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245     ފެކްސް:  3344041    ވެބްސައިޓް: www.stomaldives.com

25 ޑިސެންބަރު 2014
ހޯދާ