އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސްޓޭޓް އެޓަރނީ

މަޤާމު:

ސްޓޭޓް އެޓަރނީ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ސްޓޭޓް އެޓަރނީ (ސީ.އެސް 9-2)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/11,240 (އެގާރަހާސް ދުއިސައްތަ ސާޅީސް) ރުފިޔާ

ސަރވިސް އެލަވަންސް:

-/3،600 (ތިންހާސް ހަސަތޭކަ) ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

(އަސާސީ މުސާރައިގެ %35)

ގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޝަން، މާލެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ޝަރުޢީ ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރުން؛
  • ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ ލަފާދިނުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން؛
  • އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި ޤާނޫނު އަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އެޓަރނީ ޖެނެރަލް އަދާކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

 

1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝާރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

އިންޓަވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު ސެޕްޓެންބަރު މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެ އެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށް ވެސް ދަންނަވަމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 ޑިސެންބަރު 2014 ވާ (ހޯމަ) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް http://www.agoffice.gov.mvއިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  3. ބެޗްލަރސް ޑިގްރީގެ ޓްރާންސްކްރިޕްޓް ނުވަތަ ނަތީޖާ ކަރުދާހުގެ ފޮޓޯ ކޮޕީ؛
  4. ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ؛ (ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު)
  5. ފުރިހަމަ ކުރައްވާފައިވާ ކުރު މުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ
  7. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  9. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް؛
  10. ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލާ އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

26 ޞަފަރު 1436 

18 ޑިސެންބަރު 2014
ހޯދާ