މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

 ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295  ރުފިޔާ

-/3,500  ރުފިޔާ

މުސާރައިގެ %35

ނުރަސްމީގަޑިގައި ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  4. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރަށްރަށުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ސާރވޭކުރުމަށް ފަހު ކޮންޓްރެކްޓަރުން ހުށަހަޅުއްވާ ރިޕޯޓު ދިރާސާކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންނީ އިންޖިނިއަރގެ އިރުޝާދުގެ މަތިން ކޮންސަލްޓަންޓުންނަށް ދުވަހުން ދުވަހަށް ދިނުން.
  2. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ހޯދުމަށްޓަކައި  ޕްރޮޕޯސަލްއާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  3. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާ ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުން ހުށަހަޅުއްވާ ރިޕޯޓާއި އެހެނިހެން ލިޔެކިޔުންތަކަށް ބޭނުންވާ ފަންނީ ލަފާ ދުވަހުން ދުވަހަށް ދިނުން. އަދި އެފަރާތްތަކުން ހުށަހަޅުއްވާ ރިޕޯޓުތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން އިންޖިނިއަރގެ ލަފާގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގައި އެ ފަރާތަކަށް ދިނުން.
  4. ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޓެންޑަރިންގ ޕްރޮސެސްގައި އެކި ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ބިޑިންގ ޑޮކިއުމަންޓްސް ބަލައި ރިވިއު ކުރުން. އަދި މިއާ ބެހޭ ގޮތުން ތައްޔާރު ކުރަންޖެހޭ ލިޔުންތަކާއި ރިޕޯޓުތައް އިންޖިނިއަރގެ ލަފާގެ މަތިން ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  5. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ހަވާލު ކުރުމަށްޓަކައި ތައްޔާރު ކުރަންޖެހޭ އެގްރީމެންޓާއި އެއާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ސޮއި ކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.
  6. ރަށްރަށުގައި ނަރުދަމާ ނިޒާމުތައް ޤާއިމުކޮށް ތަރައްޤީ ކުރުމުގައި ޓެކްނޮލަޖީގެ ގޮތުން ކުރިއެރުވުމުގެ އުސޫލުތަކަށް ތަރުޙީބުދީ އެކަމާ ގުޅޭ ހޯދުންތައް ހޯދައި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އޭގެ ބޭނުން ހިފޭނެ ފަދަ އުސޫލުތަކަކާއި ގަވާއިދުތައް އެކުލަވާލުމުގައި ބޭނުންވާ ފަންނީ ލަފާދިނުން.
  7. ރަށްރަށުގައި ޤާއިމުކުރުވޭ ފެނާއި ނަރުދަމާ ނިޒާމްތަކާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ޕްރޮޕޯސަލްއާއި ޑިޒައިންގ ރިޕޯޓުތައް އިވެލުވޭޓްކޮށް ބޭނުންވާ ފަންނީ ލަފާ ދިނުން. އަދި ތައްޔާރު ކުރެވޭ ރިޕޯޓުތައް ގަވާއިދުން ކަމާބެހޭ ފަރާތްތައް ފޮނުވުން.
  8. ރަށްރަށުގައި ޤާއިމު ކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމްތަކާއި އަދި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭ ރަށްތަކަށް ކަނޑައެޅޭ ތާވަލަކާ އެއްގޮތްވާ ގޮތުގެ މަތިން ސްޕަވިޝަން އަދި މޮނިޓަރިންގ ދަތުރުތައް ކުރުން. އަދި ކުރެވޭ ދަތުރުތަކާއި ގުޅިގެން ސިސްޓަމްތަކުގެ ހާލަތު އަންގައިދޭ ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  9. ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމްކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޔުޓިލިޓީ ކުންފުންޏާއި ޙަވާލުކުރެވުމުން ސިސްޓަމްތައް މޮނިޓަރކޮށް ބެލެހެއްޓުން. އަދި ސިސްޓަމްތަކާ ގުޅޭ ގޮތުން އެކުލަވާލަންޖެހޭ ރިޕޯޓުތައް އިންޖިނިއަރގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  10. ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  11. ޕްރޮޖެކްޓާ ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ދަތުރު ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  12. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާއި ކަނޑައެޅިފައިވާ ދުވަހަށް ހަވާލު ކުރުން. އަދި ބަޖެޓާއި އަހަރީ ރިޕޯޓު ފައިނަލް ކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު މަސައްކަތް ކުރައްވާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
  13. ކަނޑައެޅިފައިވާ ގޮތުގެ މަތިން ޔުނިޓުގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެންކްޓަރ އިން ތައްޔާރު ކުރެވޭ ވާރކްޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާ ނުހިނގާ ގޮތް ޔުނިޓުގެ އިސްވެރިޔާގެ އިރުޝާދުގެ މަތިން ގަވާއިދުން މޮނިޓަރކޮށް މަހަކު އެއް ފަހަރު ބާއްވާ ޔުނިޓުގެ އިސްވެރިޔާއަށް ރިޕޯޓު ހުށަހެޅުން. އަދި އިސްލާޙު ކުރަންޖެހޭ ކަމެއް އޮތްނަމަ އިސްވެރިޔާގެ ލަފާގެ މަތިން އިސްލާޙީ ފިޔަވަޅު އެޅުން.
  14. މީގެއިތުރުން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާ ގުޅުންހުރި ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރު
  2. އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
  3. ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  4. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  5. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަވިއު އާއި އިމްތިޙާނު ކުރުން 13 ޖަނަވަރީ 2015 އާއި 29 ޖަނަވަރީ 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
25 ޑިސެންބަރު 2014
ހޯދާ