ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެއަރޕޯޓް ފަޔަފައިޓަރ

މަޤާމު

އެސިސްޓެންޓް އެއަރޕޯޓް ފަޔަފައިޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް.3

މުސާރަ

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,500 ރުފިޔާ

އިނާޔަތްތައް

ކުންފުނީގެ ގަވާއިދުގައި މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ކައްދޫ އެއަރޕޯޓުގެ ފަޔަރސްޓޭޝަން، ކައްދޫ އެއަރޕޯޓް/ކައްދޫ އެއަރޕޯޓް.

މަގާމުގެ މަސްޢޫލިއްޔަތު

ކައްދޫ އެއަރޕޯޓުގެ ފަޔަރސްޓޭޝަންގައި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު

  1. އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ބޭސިކް ފަސްޓްއެއިޑް ކޯހުން ފާސްވެފައިވުމާއި، މުއްދަތު ހަމަނުވާ މެޑިކަލް ސެޓުފިކެޓު އޮތުން. އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއްކަމުގައި ވުމާއެކު، މި މަޤާމަށް ބޭނުންވާ މެޑިކަލްޓެސްޓުން ފާސްވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން އިނގިރޭސި އަދި ހިސާބު މިދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއް ކަމުގައި ވުމާއެކު، މި މަޤާމަށް ބޭނުންވާ މެޑިކަލްޓެސްޓުން ފާސްވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެއަރކްރާފްޓް ރެސްކިއު ފަޔަރފައިޓިންގއާ ގުޅޭގޮތުން އެވަގުތަކު ޑިއުޓީގައި ހުންނަވާ އޮފިސަރަކު އަންގަވާ ގޮތަކަށް މަސައްކަތްކުރުން.
  2. އެއަރޕޯޓްގެ ވަށައިގެންވާ ސަރަޙައްދުގައި ވައިގެ ދަތުރުފަތުރާ ގުޅިގެން ހިނގާފާނެ އަލިފާނުގެ ޙާދިސާ އަކަށް އަބަދުވެސް ތައްޔާރުވެ ތިބުމާއި އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ސުޕަރވައިޒަރުގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.
  3. ރެސްކިއު އެންޑް ފަޔަރފައިޓިންގ އާ ގުޅޭގޮތުން، މަސައްކަތްތަކަށް ފަޔަމަނުން ހާނުވާފައި ބޭތިއްބުމަށްޓަކައި ދެވޭ ޓްރެއިނިންގ (ކޮންޓިނުއޭޝަން ޓްރެއިނިންގ) ޕްރޮގުރާމުގެ ދަށުންދެވޭ ހުރިހާ ޓްރެއިނިންގ އެއަގައި ބައިވެރިވުން.
  4. މަތީގައި ބުނެވިދިޔަ ޙާދިސާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ރެސްކިއު އެންޑް ފަޔަރފައިޓިންގ އިކުއިޕްމަންޓުތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުން.
  5. ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަނދި ކުރުމަށް އަބަދުވެސް މަސައްކަތް ކުރުން.
  6. ރޭވިފައި އޮންނަ ޔުނިޓް ތާވަލާއި، އިސްކޮށް ހުންނަ އޮފިސަރ ގެ އިރުޝާދާ އެއްގޮތަށް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް، އިކްއިޕްމެންޓްސް ދުވަހުން ދުވަހަށް، ހަފްތާއިން ހަފްތާއަށް އަދި މަހުންމަހަށް ޗެކުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

05 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީސް، ލ.ކައްދޫ ގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ، ކައްދޫ އެއަރޕޯޓް އޮފީސް/ލ.ކައްދޫ އަށެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުން އެކަށީގެންވާ އަދަދަށް ނުލިބިއްޖެނަމަ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެ ފެންވަރު ހުރިތޯބެލުމަށްޓަކައި ދެވޭ ޓެސްޓުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ފާސްވާ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

22 ޑިސެންބަރު 2014
ހޯދާ