މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ / މެއިލް ކްލިއަރެންސް އޮފިސަރ ގރ.1

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް :

ޑްރައިވަރ / މެއިލް ކްލިއަރެންސް އޮފިސަރ ގރ.1

ބޭނުންވާ އަދަދު :

1

މުސާރަ:

  1. 4977.00 ރުފިޔާ ( ހަތަރުހާސް ނުވަސަތޭކަ ހަތްދިހަ ހަތް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އެލަވަންސް:

  1. 1950ރުފިޔާ (އެއްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ)
  2. އެއާރޕޯޓުގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން ފުޑް އެލަވަންސް ލިބޭނޭއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

މެއިލް އެންޑް ކާރގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

  • ފުރިހަމަ ޞިއްޙަތެއްހުރި، ބަރުތަކެތި އުފުލާއުޅޭ ފިރިހެނަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރު ދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
  • A1,B1, ކެޓަގަރީތަކުގެ ޑްރައިވިން ލައިސަންސް އޮތުން.
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗެތި ކިޔަން އެނގޭ މީހެއްކަމުގައިވުން.
  • މަސައްކަތުގެ މާޙައުލުގައި މުޢާމަލާތްކުރަންޖެހޭ ފަރާތްތަކާއި ރަނގަޅަށް މުއާމަލާތްކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ބަޔާންކުރަންވާނެއެވެ.)
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
  • ޕޮލިސް ރިޕޯޓް

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2014 ޑިސެންބަރު 30 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. 

- އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272،3009273،3009274

ފެކްސް: 3321559

 

21 ޑިސެންބަރު 2014
ހޯދާ