ދިވެހިބަހުގެ އެކަޑަމީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު: 25/(IUL)430-DBA-I/1/2014 އިޢުލާން އާ ގުޅޭގޮތުން ދަންނަވަމެވެ. އެ އިޢުލާން ގައިވާ އެސިސްޓެންޓް ޑިރެކްޓަރުންގެ 2 މަޤާމަށް ކުރިމަތިލާފައިވާ ޝަރުޠު ފުރިހަމަވެފައިވާ ފަރާތްތައް މަދުކަމާއެކު، އަލުން މި 2 މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި، އިއުލާންކުރީމެވެ. އެހެންކަމުން މި މަޤާމުތަކަށް ކުރިމަތިލާން ބޭނުން ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުން އެދެމެވެ.  

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

1

ރޭންކު:

އެމް. އެސް. 3

ކްލެފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

ތާރީޚާ ބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ

ޝަރުޠު

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޔުނިޓުގެ މަސައްކަތްތައް ރާވައި މުވައްޒަފުން ލައްވާކުރުވުން.
  2. ދިވެހި ތާރީޚާ ބެހޭ ޞައްޙަ މަޢުލޫމާތު އާންމު ކުރަމުން ގެންދޭތޯ ބެލުން. 
  3. ދިވެހި ތާރީޚާ ބެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވައި ފަރުމާކޮށް ހިންގުން.
  4. ތާރީޚީ ގޮތުން ރާއްޖޭގެ މުހިއްމު ޝަޚުސިއްޔަތުތައް ހޯދައި އާންމު ކުރަމުން ގެންދިޔުން.
  5. ތާރީޚް ކޮމެޓީ އެކުލަވައި ހިންގުން.
  6. ތާރީޚާއި ބެހޭ ގޮތުން ބޭރު ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާ ކުރުން.
  7. ދިވެހިތާރީޚާއި ދިވެހިއަދަބިއްޔާތަށް ހޭލުންތެރިކުރުމުގެ ފޯރަމްތަކާއި މަސައްކަތު ބައްދަލުވުންތައް ރާވައި ހިންގުން.
  8. ދިވެހިތާރީޚާއި ސަޤާފަތާގުޅޭ މައުނަވީތަރިކަ ޙިމާޔަތްކޮށް ރައްކައުތެރިކުރާނެ އިންތިޒާމު ހަމަޖައްސައި އެކަންކަން  ހިންގުން.
  9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭ ގޮތުން ލިބިފައިވާ ތަޖްރިބާ، ބަސްދީގަތުން، ދިވެހި ތާރީޚާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރާއި އެކަންކަމުގެހުރި ޤާބިލުކަން

- މިމަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލްކަންހުރި މިންވަރު.

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކް:

އެމް. އެސް. 3

ކްލެފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

ބަހާ ބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ

ޝަރުޠު

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިންގެ އާންމު މުޢާމަލާތުތަކާއި އިދާރީ ހިންގުމާއި ވިޔަފާރިއާއި ތަޢުލީމާއި އެހެނިހެން އާންމު މުޢާމަލާތްތަކުގައި ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. ދިވެހިބަހުގެ ގަވާއިދުން ބަސްބޭނުން ކުރުމުގެ ހަމަތަކުގެ މަތީން ބަސްބޭނުން ކުރުމަށް އާންމުކުރުން.
  3. ދިވެހިބަހުގެ ގަވާއިދާއި ބަސްބޭނުން ކުރުމުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ޚިޔާލުފާޅު ކުރުމުގެ ފޯރަމްތައް ރޭވުން.
  4. އެކިއެކި މީޑިޔާގެ ފަރާތްތަކުން ބަސް ބޭނުން ކުރަމުންދާ ގޮތާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ކަންކަން ރަނގަޅު ކުރުވުން.
  5. ދިވެހިބަހުގެ މަޢުލޫމާތުތައް އާންމު ކުރުމުގައި، ފަންނީ ކޮމިޓީން ނިންމާ ނިންމުން ތަންފީޒުކުރުން.
  6. ދިވެހިބަސް ބޭނުން ކުރުމުގެ ހަމަތަކާއި އުސޫލުތައް އާންމުންނަށް އޮޅުން ފިލުވައި ދިނުމުގެ ނިޒާމެއް ރާވައި ހިންގުން.
  7. ބަހާބެހޭބައިގެ ޔުނިޓްގެ ހުރިހާ ކަމެއް ރާވައި ބެލެހެއްޓުން.
  8. ބަހާބެހޭބައިގެ ޔުނިޓުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  9. ބަހާބެހޭ ސެމިނާރު ތަކާއި ބައްދަލުވުންތައް ހިންގައި ބެލެހެއްޓުން.
  10. ދިވެހިބަހާއި އަދަބިއްޔާތާގުޅޭ މައުނަވީ ތަރިކަ ހިމާޔަތްކޮށް ރައްކައުތެރިކުރާނެ އިންތިޒާމު ހަމަޖައްސައި، އެކަންކަން  ހިންގުން.
  11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭގޮތުން ލިބިފައިވާ ތަޖްރިބާ، ބަސްދީގަތުން، ދިވެހިބަހާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރާއި އެކަންކަމުގެހުރި ޤާބިލުކަން.

- މިމަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލްކަންހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ތަޢުލީމީ  ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  5. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތު ފެންވަރު ބަލާ ފޯމުގެ ނަތީޖާ.  (ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރި ގޮތް ބަޔާންކުރާ ފޯމު)
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  7. ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 ޖަނަވަރީ މަހުގެ 4 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 2:45

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

3 ރަބީޢުލްއައްވަލް 1436   

25 ޑިސެންބަރު 2014
ހޯދާ