ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1

މި ކުންފުނީގެ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1

އަދަދު: 06

އަސާސީ މުސާރަ: -/4350ރ. އާއި -/5100ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައި ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ އައި.ޖީ.އެމް.އެޗް ބޭސްފިހާރަ.

އެހެނިހެން އިނާޔަތްތައް:

* ފުޑް އެންޑް ހާރޑްޝިޕް އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރު އެލަވަންސް: 528ރ އާއި 728ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީ ތަޢުލީމު ހާސިލުކޮށްފައި ވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)  

މަޤާމުގެ މަސްއޫލިއްޔަތު

* ބޭސް ދޫކުރުން

* ކޭޝް އަދި ކްރެޑިޓް ބިލް ހެދުން

* ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން

* ހަރުތަކުގައި ބޭސްޖެހުން

* މުއްދަތުހަމަވާ ބޭސްތައް ބަލާ ޗެކްކުރުން

 

ތަޢުލީމީ ތަޖުރިބާ:

* އެޑްވާންސް ސެޓުފިކެޓު އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން.

* އޯލެވެލް 2 ނުވަތަ 3 މާއްދާ އިން ފާސްވެފައިވުން.

* ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އަދި އެކްސެލް).

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 25 ޑިސެންބަރު 2014ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 http://www.stomaldives.com/downloads/ އެސްޓީއޯ ވެބްސައިޓް:

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތަކަކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245     ފެކްސް:  3344041    ވެބްސައިޓް: www.stomaldives.com

22 ޑިސެންބަރު 2014
ހޯދާ