ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ1

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު: ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ1

ބޭނުންވާ އަދަދު: 01

އަސާސީ މުސާރަ: 4350 ރ އާއި 5100ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށްބަލައި ހަމަޖައްސައިދެވޭނެ
މަސަައްކަތް ކުރަންޖެހޭ ތަން: އެސް.ޓީ.އޯ ހުޅުމާލެ ފާމަސީ

 

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1700.00ރ އާއި 2500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެ

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ

* މަތީ ތަޢުލީމް ހާސިލުކޮށްފައި ވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ

* ޕެންޝަން  

* އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)

 

މަޤާމުގެ މަސްއޫލިއްޔަތު:

* ބޭސް ދޫކުރުން އަދި ބިލް ހެދުން

* ބޭސް ހަރުތަކުގައި ޖެހުން

* ކޮންޓްރޯލް ޑްރަގްސް ރިޕޯޓު ތައްޔާރުކުރުން

* ބޭސްތަކުގެ އެކްސްޕަޔަރީ ޗެކުކޮށް ރިޕޯޓު ތައްޔާރުކުރުން

ތަޢުލީމީ ތަޖުރިބާ:

* އެޑްވާންސްޑް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން

* އޯލެވެލް 2 ނުވަތަ 3 މާއްދާއިން ފާސްވެފައިވުން

* ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އަދި އެކްސެލް)

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެންބަރު 2014ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 http://www.stomaldives.com/downloads/ އެސްޓީއޯ ވެބްސައިޓް:

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245     ފެކްސް: 3344041    ވެބްސައިޓް: www.stomaldives.com

22 ޑިސެންބަރު 2014
ހޯދާ