ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޕާސްޕޯޓް ދޫކުރުމާބެހޭ

ޕާސްޕޯޓް ހެދުމަށް އެދި މި ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ގިނަ ފަރާތްތަކުގެ ޕާސްޕޯޓް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ބަލައިވަޑައިނުގަންނަވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ ފަރާތްތަކުގެ ޕާސްޕޯޓް 31 ޖަނަވަރީ 2015 ގެ ކުރިން މި ޑިޕާޓްމަންޓަށް ވަޑައިގެން ޕާސްޕޯޓް ނެންގެވުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

އަދި ދަންނަވަމެވެ. ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މި ޑިޕާޓްމަންޓުން ދެމުންގެންދާ ގަޑި ތިރީގައި މިވަނީއެވެ.

ދުވަސް

ނަންބަރު ދޫކުރާ ގަޑި

ޕާސްޕޯޓް ދޫކުރާ ގަޑި

ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެނިހެން ދުވަސްތަކުގައި

ހެނދުނު 08:00 އިން މެންދުރުފަހުގެ 14:30 އަށް (ވަކި އަދަދެއް ހަމަޖެހިފައިނުވޭ)

ހެނދުނު 08:30 އިން ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން

 

             

 

22 ޞަފަރު 1436      

14 ޑިސެންބަރު 2014
ހޯދާ