މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ބޭނުންކުރުމުގެ ހުއްދައާބެހޭ

ޢިމާރާތް ޗެކްކުރުމާބެހޭ

"ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ" އާއި، "ވަކިކަމަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި ހުށަހަޅާއިރު، ސަރުކާރުން ޢިމާރާތް ޑިޒައިންކުރުމުގެ ހުއްދަ ދީފައިވާ އާކިޓެކްޓަކު ނުވަތަ ސިވިލް އިންޖިނިއަރަކު، ގަވާއިދާ އެއްގޮތަށް ތަން ޗެކްކުރައްވައި އެފަރާތުގެ އޮޕީނިއަންއާއެކު ހުށަހެޅުމުން އޭގެ މައްޗަށް ބިނާކޮށް ޢަމަލުކުރާގޮތަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ. އެހެންކަމުން، މިއަދުން ފެށިގެން ހުއްދަ ހޯއްދެވުމަށްޓަކައި ފޯމު ހުށަހަޅުއްވަންވާނީ، އެފަދަ އާކިޓެކްޓަކު ނުވަތަ ސިވިލް އިންޖިނިއަރަކު ޢިމާރާތް ޗެކްކުރެއްވުމަށްފަހު، ފުރިހަމަކުރައްވާފައިވާ ޗެކްލިސްޓާއި އެއާގުޅޭ އެހެނިހެން ލިޔެކިޔުންތަކާއެކުގައެވެ. މިކަމަށް ބޭނުންވާ ޗެކްލިސްޓުތައް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ