މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ފީ ނުދައްކާ އަދި ލައިސަންސް ނުނަގާވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލު

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލައިސަންސް ފީ ދެއްކުމަށްފަހު ލައިސަންސް ނެގުމަށް އަންގާފައިވާއިރު، އެ ފީ ނުދައްކާ އަދި ލައިސަންސް ނުނަާަވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލު:

1. ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލައިސަންސް ފީ ދެއްކުމަށްފަހު ލައިސަންސް ނެގުމަށް އަންގާފައިވާއިރު، އެ ފީ ނުދައްކާ އަދި ލައިސަންސް ނުނަގާވާ ފަރާތްތަކަށް ލައިސަންސް ފީ ދައްކައި ލައިސަންސް ނެގުމަށް 30 މަސައްކަތު ދުވަހުގެ މުއްދަތެއް ދީ ލިޔުމުން އެންގޭނެއެވެ.

2. މި މުއްދަތުގައި ލައިސަންސް ނުނަގާނަމަ، ލައިސަންސް އެޕްލިކޭޝަން ބާޠިލުވާނެއެވެ. އަދި އަލުން ލައިސަންސަށް އެދޭ ކަމުގައިވާނަމަ ހުރިހާ ލިޔެކިޔުންތަކާއެކު ފޯމު އަލުން ހުށަހަޅަން ޖެހޭނެއެވެ.

3. އަދި މާލެ، ނުވަތަ މުޅިރާއްޖެއަށް ޚިދުމަތް ދިނުމަށް ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް އެ ސަރަޙައްދުތަކަށް އަލުން އެޕްލިކޭޝަން ހުށަހެޅޭނީ އެ ދާއިރާތަކަށް ލައިސަންސް ދޫކުރުމަށް ކޮމިޝަނުން އިޢުލާނުކޮށް ހުޅުވާލާ މުއްދަތުގެ ތެރޭގައެވެ.

26 ޞަފަރު 1436  

18 ޑިސެންބަރު 2014
ހޯދާ