ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ނަފްސާނީ ނުކުޅެދުންތެރިންނަށް ކީރިތި ޤުރްއާން ކިޔަވައިދޭނެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ނަފްސާނީ ނުކުޅެދުންތެރިންނަށް ކީރިތި ޤުރްއާން ކިޔަވައިދޭނެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމް ހިންގުމަށް ގަސްތު ކުރެވިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ ތިންބަޔަކީ، ސަރުކާރު ސްކޫލްތަކުގައި ކިޔަވަމުންދާ ނަފްސާނީ ނުކުޅެދުންތެރި ކުދިންނަށް ޚާއްޞަ ބަޔަކާއި، އޯޓިޒަމް އެސޯސިއޭޝަނުގައި ރަޖިސްޓަރީވެފައިވާ ތިބި ނަފްސާނީ ނުކުޅެދުންތެރިކަމުގެ ކުދިންނަށް ހިންގާ ޚާއްޞަ ބައެއްގެ އިތުރުން، މި ދެބައިގެ ތެރެއިން އެއްވެސް ބައެއްގައި ރަޖިސްޓަރީވެފައިނުވާ ނަފްސާނީ ނުކުޅެދުންތެރިކަމުގެ ދަރިވަރުންނަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ ތަނެއްގައި ހިންގާ ކުލާސްތަކުގެ ބައެވެ. ވީމާ، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކުލާސްތަކުގެ ބައިގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ޝަރުޠު:

  1. ސަރުކާރު ސްކޫލްތަކުގައި ނުވަތަ އޯޓިޒަމް އެސޯސިއޭޝަނުގައި ރަޖިސްޓަރީވެފައިވާ ނަފްސާނީ ނުކުޅެދުންތެރި ފަރާތެއްކަމުގައި ނުވުން.
  2. ޢުމުރުން 7 އަހަރާއި 20 އަހާރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު 24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުން ފެށިގެން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ފޯމު ފުރުއްވުމަށްފަހު ނުކުޅެދުންތެރިކަން ހުރި ދަރިވަރެއްކަން އެނގޭނެ އެސެސްމަންޓް ރިޕޯޓަކާއި އައިޑީކާޑުގެ ކޮޕީ ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ