ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އޮފީސް ޢިމާރާތެއް ހޯދުން

        މި ޑިޕާޓްމަންޓު ހިންގުމަށްޓަކައި ޢިމާރާތެއް ހޯދުމަށް 04 ޑިސެންބަރު 2014 ގައި ކުރި ނަންބަރު: IUL)120/1/2014/72) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އާއި، ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއް ކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލައި 04 ޑިސެންބަރު 2014 ގައި ވަނީ IUL)120/1/2014/78) އިޢުލާން ކުރެވިފައެވެ. ނަމަވެސް ސަރުކާރު 1 ހަފްތާއަށް ބަންދުވުމާ ގުޅިގެން އަލުން މި ފުރުޞަތު ހުޅުވާލަމެވެ.  

        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އެކަށީގެންވާ ފެންވަރަކަށް ބިނާކޮށްފައިވާ ޢިމާރާތެއްގެ ގިނަވެގެން 3 ފަންގިފިލާއިން، 7000 އަކަފޫޓަށްވުރެ ކުޑަނޫން ޖާގަ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2014 ޑިސެންބަރު 22ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 6 ވަނަ ފަންގިފިލާގައެވެ.

22  ޞަފަރު  1436

14 ޑިސެންބަރު 2014
ހޯދާ