މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ސަރވޭ ޑިރެކްޓަރ

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރާއި 10 މަސްދުވަސް

މުސާރަ

-/13420 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޝަން / ސެކްޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު 

ތަޢުލީމާއި ތަޖުރިބާ

1. ރިސަރޗްގެ ދާއިރާއަކުން މާރސްޓަރ ޑިގްރީ ހާސިލު ކުރައްވާފައިވުން ނުވަތަ،

2. ރިސަރޗްގެ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލު ކުރައްވާފައިވުމާއެކު ސަރވޭ ހިންގުމުގެ މަސައްކަތުގައި ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމު

ސަރވޭ މެނޭޖަރ

މީހުން ބޭނުންވާ އަދަދު

3

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރާ 10 މަސްދުވަސް

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޝަން / ސެކްޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު 

ތަޢުލީމާއި ތަޖުރިބާ

ރިސަރޗްގެ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލު ކުރައްވާފައިވުމާއެކު ސަރވޭކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ އިދާރީ މަސައްކަތްތަކާ ސަރވޭގެ މީޓިންގތަކާއި ޓްރޭނިންގތައް އެރޭންޖުކުރުމާއި ސާރވޭގެ ފީލްޑް މަސައްކަތްތައް ކޯޑިނޭޓްކޮށް މޮނިޓަރ ކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާ ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފެރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ.

15 ޑިސެންބަރު 2014
ހޯދާ