މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

#

މަޤާމު

 

ޝަރުޠު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

1

ސުޕަވައިޒަރ

05

  •  ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައިވުމާއެކު މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

5220.00ރ.އިން 5910.00 ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުމާއި  ރިޕޯޓް ތައްޔާރުކުރުން.

2

ޑައިވަރ

02

  • އޯޕަން ވޯޓަރ ޑައިވިންގ ލައިސަންސް

4400.00ރ.އިން 4720.00 ރ.

ޑިޕާޓްމަންޓްގެ ސަރވޭ މަސައްކަތަށް ބޭނުންވާ ކަންކަން ދިރާސާކޮށް ރިޕޯޓުތައްޔާރުކުރުން.

3

މެކޭނިކް

03

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓްއިން މެކޭނިކަލް އިންޖިނިއަރިންގ.
  • މަދުވެގެން 02 އަހަރު ގެ ހައިޑްރޯލިކް އިންޖީން، ހެވީ ވެހިކަލް، ކްރޭން، އެކްސްކަވޭޓަރ ފަދަ އިންޑަސްޓްރިއަލް ވެހިކަލް މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ކެޓަޕިލާ، ކޮބެލްކޯ، ނިސާން ޑިސަލް މަރުކާގެ މެޝިނަރީ މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ.އިން 4720.00 ރ.

ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން؛  ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

 

4

ޑްރައިވަރ

07

  • CO ކެޓަގަރީގެ ލައިސަންސް ލިބިފައިވުން

4400.00ރ.އިން 4720.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑަމްޕް ޓްރަކް އޮޕަރޭޓް ކުރުމާއި އުޅަނދުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން އަދި ޓްރާސްޕޯޓްގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

5

އިލެކްޓްރީޝަން

02

  •  އިލެކްޓްރިޝަން ލައިސަންސްއާއެކު 2-3 އަހަރުގެ އިލެކްޓްރިކަލް ޓްރޭޑް މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4400.00ރ.އިން 4720.00 ރ.

ރަނގަޅު ފެންވަރުގައި އިލެކްޓްރިކަލް މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

6

ޕްލަމްބަރ

04

  • 1-3 އަހަރުގެ ޕަލަމްބިންގ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4050.00 ރ.

ރަނގަޅު ފެންވަރުގައި ޕްލަމްބިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

7

ލޯޑަރ އޮޕަރޭޓަރ

03

  • ލޯޑަރ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ލޯޑަރ އޮޕަރޭޓް ކުރުމާއި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

8

އެކްސްކަވޭޓަރ އޮޕަރޭޓަރ

03

  • އެކްސްވޭޓަރ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވުން.
  • ހާރބަރ ޑްރެޖިންގ ބްރޭކް ވޯޓރަ ކޮންސްޓްރަކްޝަން ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމާއި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

9

އެސިސްޓަންޓް އެކްސްކަވޭޓަރ އޮޕަރޭޓަރ

03

  • ވެހިކަލްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން 
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.

3850.00ރ. އިން 4250.00ރ.

އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރއަށް ދޭންޖެހޭ އެހީތެރިކަން ދިނުން އަދި ވެހިކަލް ގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމަށް އެހީތެރިވެދިނުން.  

10

ކައްކާ

05

  • ރަނގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކުރަން އެގުން
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

4400.00 ރުފިޔާ

ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއުން ބުއިން ޝެޑިއުލްއާއިއެއްގޮތަށް ބެލެހެއްޓުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

11

ކައްކާ އެހީތެރިޔާ

03

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.

3850.00 ރުފިޔާ

ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއުން ބުއިން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ދިނުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

12

ހޭންޑީ ޕާރސަން (ލޭބަރ)

10

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

3850.00 ރުފިޔާ

ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

 

ވަޒީފާގެ ބާވަތް:  ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:    ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖަމަންޓް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން:  ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓުތަކުގައި.

އެހެނިހެން އެލަވަންސް/އިނާޔަތް:

އެޑިއުކޭޝަނަލް /ޓެކްނިކަލް އެލްވަންސް، އޯފް ރެސިޑެންޝަލް އެލަވަންސް، ހުރުމާއި ކެޔުން، އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް،

މެޑިކަލް އިންޝޫރަންސް (މަޤާމްތަކަށް ކަޑައެޅިފައިވާ)

އެހެނިހެން:

މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

ޕްރޮޖެކްޓް ސައިޓްތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަމްބަރ: 3221 332      އީމެއިލް:      [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)

  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

12 ޞަފަރު 1436

04 ޑިސެންބަރު 2014
ހޯދާ