ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބިދޭސީން ގެނެސްދޭނެ އޭޖެންސީއެއް ހޯދަން

އެސްޓީއޯ ޕލކގެ ވަޒީފާއަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ އޭޖެންސީއެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އެސްޓީއޯ ޕލކގެ ވަޒީފާއަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ އޭޖެންސީއެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (ADM/2014/466-ފ60) ގެ ރަޖިސްޓްރޭޝަންގެ ފަހު ދުވަސް ސަރުކާރު ބަންދު ދުވަހަކާ ދިމާވާތީ، ތިރީގައިވާ ގޮތަށް ތާރީޚުތަކާއި ގަޑިތަކަށް ބަދަލު ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ޑިސެންބަރު 22 ވާ ދުވަހުގެ 16:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ޑިސެންބަރު 24 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް 2014 ޑިސެންބަރު 25 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ބީލަން ކަރުދާސް ލިބުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 ޑިސެންބަރު 30 ވާ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލްގެ ޒަރިޢާޔާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށްް 2015 ޖަނަވަރީ 06 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ޖަނަވަރީ 13 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:   3344196 , 3344318

ފެކްސް:  3344633

އީމެއިލް: [email protected]

18 ޑިސެންބަރު 2014
ހޯދާ