ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ.ފުނަދޫގައި ހުރި ތެޔޮޓޭންކެއް ލ.ފޮނަދޫއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން

ކ.ފުނަދޫގައި ހުރި ތެޔޮ ޓޭންކެއް ލ.ފޮނަދޫއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ ކުރެހުން އަދި މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، ކ.ފުނަދޫގައި ހުރި ތެޔޮ ޓޭންކެއް ލ.ފޮނަދޫއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           ކ.ފުނަދޫގައި ހުރި ތެޔޮ ޓޭންކެއް ލ.ފޮނަދޫއަށް ބަދަލުކޮށް އިންސްޓޯލްކުރުން

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ޑިސެންބަރު 24 ވާ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ޑިސެންބަރު 24 ވާ ދުވަހުގެ 15:00 ގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2014 ޑިސެންބަރު 25 ވަނަ ދުވަހުގެ 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކ.ފުނަދޫގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 ޑިސެންބަރު 29 ވާ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2014 ޖަނަވަރީ 06 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ޖަނަވަރީ 14 ވަނަ ދުވަހުގެ 14:30 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:    3344321 , 3344318

ފެކްސް:  3344633

އީމެއިލް: [email protected]

18 ޑިސެންބަރު 2014
ހޯދާ