މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

ހެލްތު ސަރވިސަސް އެންޑް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ

ސެކްޝަން

ސެންޓްރަލް ސަޕޯޓް އެންޑް އެންޑް ކޯޑިނޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތައް ގިންތި ކޮށްފައިވާ ފެންވަރަށް ޞިއްޙީ ޚިދުމަތް ދެވޭތޯ ކަށަވަރު ކުރުމާއި އެތަންތަނަށް ބޭނުންވާ ހެލްތު ސަޕްލައިޒް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރުމާއި އަދި ހަމަޖެހިފައިވާ އުސޫލުން ފޯރުކޮށްދެވޭތޯ ބަލައި މޮނިޓަރ ކުރުމާއި ހޮސްޕިޓަލުތަކަށާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ފަރުނީޗަރއާއި އަދި ޞިއްޙީ ޚިދުމަތް ފޯރުވައިދިނުމުގައި ބޭނުންކުރާ އެހެނިހެން ވަޞީލަތްތައް ޤާއިމުވެފައި ހުރިތޯ ބަލައި އެކަންކަން ފުރިހަމަ ކުރުމަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އެތަކެތި ފޯރުކޮށްދެވޭކަން ކަށަވަރު ކުރުން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ސެކްޝަން

ސްޕޯޓް ސަރވިސަސް / ފްރޮންޓް އޮފީސް އެންޑް މެސެންޖަރ ސަރވިސް 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީގެ ކައުންޓަރަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެނީ ކިހިނެއްތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންކަން ރަނގަޅުކުރުމާއި ކައުންޓަރުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކައުންޓަރ އަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބެލުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ  

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ސެކްޝަން

އައި.ޓީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީގެ އިންޓްރާނެޓް، ވެބްސައިޓް، އަދި އެހެނިހެން ސޮފްޓްވެއަރ ތައް ބެލެހެއްޓުމާއި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތާނގެ ކޮންޕިއުޓަރތައް ސަރވިސް ކޮށް ބެލެހެއްޓުމާއި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން ހިންގާ އައިޓީ އާ ގުޅުންހުރި ޕްރޮޖެކްޓުތަކާއި މަޝްރޫޢުތައް ހިންގުމުގައި އެހީތެރިވުމާއި މިނިސްޓްރީގެ ނެޓްވާރކް މެއިންޓެއިންކޮށް ބެލެހެއްޓުމާއި މިނިސްޓްރީގެ ނެޓްވާރކާއި ސަރވަރތަކުގެ ސެކިއުރިޓީ ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

ހިއުމަން ރިސޯސް ޑިވިޝަން

ސެކްޝަން

އެޗް.އާރު ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ އޮނިގަނޑުތައް ތައްޔާރުކުރުމާއި، ތައްޔާރު ކުރެވިފައިވާ އޮނިގަނޑުތަކަށް ގެންނަޖެހޭ ބަދަލުތައް ގެނެސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މަސައްކަތްތައް ދާއިރާގެ ތެރޭގައި ހިނގާނެ ސިޔާސަތު ކަނޑައެޅުއްވުމުން އެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ހިންގާނެ އުސޫލުތައް އެކުލަވާލުމާއި ދާއިރާއަށް ބޭނުންވާ ޓްރޭނިންގ ތަކަކީ ކޮބައިތޯބަލައި، ޓްރޭނިންގ ފުރުޞަތުތައް ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަންގެ ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: CS9-2

މުސާރަ

މަހަކު -/10,020 ރުފިޔާ

ސަރވިސް އެލަވަންސް

ދުވާހަލަށް -/120 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޝަން / ސެކްޝަން

އެގްޒެކެޓިވް ބިއުރޯ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ސިއްޙީ ދާއިރާއާ ގުޅުން ހުރި ޤާނޫނުތައް އެކުލަވާލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރުމާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި އަދި އެކުލަވާލަންޖެހޭ އެހެނިހެން ގަވާއިދުތަކަށް ޤާނޫނީ ބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ދާއިރާއަށް ހުށަހެޅޭ މައްސަލަތަކަށާއި ޞިއްޙީ ދާއިރާއާމެދު އުފުލޭ ދައުވާތަކާއި ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުން

ތަޢުލީމާއި ތަޖުރިބާ

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ހެލްތު ސަރވިސަސް ޑިވިޝަން

ސެކްޝަން

ޕަބްލިކް ހެލްތު ޕްރޮގްރާމް ސަޕްލައިޒް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ލެބޯރެޓަރީ މެޝިނަރީއާއި އިކުއިޕްމަންޓުތައް ސްޓޭންޑަޑައިޒް ކުރުމާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ލެބޯރެޓަރީ މެޝިނަރީއާއި އިކްއިޕްމަންޓުތައް ހޯދުމުގައި ދައުލަތަށް އެންމެ ފައިދާހުރި ގޮތްތައް ބަލައި އެފަދަ ތަކެތި ޚިދުމަތުގައި ބޭނުންކުރުމަށް ފަންނީ ދިރާސާކޮށް ފަންނީ ލަފާދިނުމާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ލެބޯރެޓަރީ ރިއެޖެންޓްސް އާއި ކޮންސިއުމަބަލްސް ލިސްޓުތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަންތައް ބަލައި ވެރިފައިކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް ގްރޭޑް 1 ގެ މަޤާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެފައިވުން، ނުވަތަ
  2. ލެބޯރެޓަރީ ދާއިރާއިން ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް/އެޑްވާންސް ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

ހެލްތު ސަރވިސަސް އެންޑް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ

ސެކްޝަން

ސެންޓްރަލް ސަޕޯޓް އެންޑް އެންޑް ކޯޑިނޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ޞިއްޙީމަރުކަޒު ތަކުގައި ބޭނުންކުރާ ވަސީލަތްތަކަށް ދިމާވާ މައްސަލަތަކާއި ގުޅިގެން ޚިދުމަތް ދިނުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ގުޅުންހުރި ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުމާއި އެތަންތަނުންދެވޭ ޚިދުމަތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފުރިހަމަކޮށް ގުޅުންހުރި ފަރާތްތަކަށް ފޮނުވުމާއި އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ މެޝިނަރީއާއި އިކުއިޕްމެންޓުތަކަށް ދިމާވާ މައްސަލައާ ގުޅިގެން ޚިދުމަތް ދިނުމަށް ހުރި ދަތިތައް ހައްލުކުރުމަށް ގުޅުންހުރި ފަރާތްތަކަށް މަޢުލޫމާތުދީ ޚިދުމަތް އަލުން ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

ކޮލިޓީ އެޝުއަރެންސް

ސެކްޝަން

ޕަބްލިކް ކޮމްޕްލެއިންޓްސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ ޚިދުމަތާ ގުޅިގެން ދިމާވާ މައްސަލަތަކުގައި ހުށަހެޅޭ ޝަކުވާތައް ބެލުމުގެ މަސައްކަތް ކުރުމާއި ޞިއްޙީ ޚިދުމަތާ ގުޅިގެން ދިމާވާ މައްސަލަތަކާ ގުޅިގެން ޢާއްމުންގެ ފަރާތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ހޯދައި، އެ މައްސަލައެއް ބެލުމަށް އެކުލަވާލެވޭ ކޮމިޓީއަކާ ޙިއްޞާ ކުރުމާއި ކޮމިޓީން މައްސަލަ ބެލުމަށްފަހު އެކުލަވާލާ ރިޕޯޓު ކަމާބެހޭ ފަރަތްތަކަށް ހިއްސާ ކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެފަރާތްތަކަށް އެންގުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

ހެލްތު ސަރވިސަސް އެންޑް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ

ސެކްޝަން

ސެންޓްރަލް ސަޕޯޓް އެންޑް އެންޑް ކޯޑިނޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ސެންޓްރަލް ސަޕޯޓް އެންޑް އެންޑް ކޯޑިނޭޝަން އަށް އަތޮޅުން ލިބޭ ޑޮކިއުމަންޓުތައް ބަލައިގަނެ އެންޓްރީކުރުމާއި ދުވަހުން ދުވަހަށް ޔައުމިއްޔާ ނިންމުމާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި ކޮންމެ ދުވަހަކު އެއްފަހަރު އަތޮޅުތަކުގެ އަޕްޑޭޓް ހޯދުމަށްފަހު އެ އަތޮޅުތަކާއި ހަވާލުވެފައިވާ ކޯޑިނޭޓަރަށް ރިޕޯޓުކުރުން

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު / ހެލްތު އިކޮނޮމިކްސް 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހެލްތު އިކޮނޮމިކްސް ސެކްޝަނުން އެއްކުރާ މަޢުލޫމާތުތައް މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި އެހެން ސެކްޝަންތަކާއި އަދި އޮފީސްތަކާ ޙިއްސާކޮށް، ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމާއި ހެލްތު އިކޮނޮމިކްސް އަދި ހެލްތު ފައިނޭންސިންގ ދާއިރާއާ ގުޅުންހުރި ސެކްޓަރގެ ޕްރޮޖެކްޓް / ޕްރޮގުރާމުތައް ރާވައި ހިންގުމާއި ހެލްތު އިކޮނިމިކްސް ސެކްޝަނުގެ މަސައްކަތްތަކުގައި ފަންނީ އެހީ ދެއްވުމަށްޓަކައި ރާއްޖެ ވަޑައިގަންނަވާ ކޮންސަލްޓެންޓުންނާ އެކު މަސައްކަތްކޮށް އެބޭފުޅުންނާއިއެކު ބާއްވަންޖެހޭ މީޓިންތައް އިންތިޒާމުކޮށް، ރިޕޯޓުތައް ތައްޔާރުކުމުގައި ކޮންސަލްޓެންޓަށް އެހީތެރިވެދިނުން.

ތަޢުލީމާއި ތަޖުރިބާ

  1. އެކައުންޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެކައުންޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެކައުންޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  4. އެކައުންޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސެކްޝަން

ބޯރޑްސް އެންޑް ކައުންސިލްސް ސެކްރެޓޭރިއެޓް

ޔުނިޓް

މޯލްޑިވްސް މެޑިކަލް ކައިންސިލް / މޯލްޑިވްސް ނަރސިންގ ކައިންސިލް / އޯލްޓަރނޭޓިވް މެޑިސިން ކައުންސިލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ކައުންސިލްތަކަށް އަންނަ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ ވެރިންގެ މަޝްވަރާގެ މަތިން ޖަވާބުދާރީވުން ކައުންސިލް ތަކުގެ ފަރާތުން ބާއްވަން ޖެހޭ ބައްދަލުވުންތައް ތައްޔާރުކުރުމާއި ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުމާއި ކައުންސިލްތަކުގެ ރަޖިސްޓަރީ ކުރާ ފޯމު ދޫކުރުމާއި ބަލައިގަތުމާއި އަދި މީހުން ރަޖިސްޓަރީ ކުރުމާއި ކައުންސިލްތަކުގެ ލިޔެކިޔުންތައް ފައިލް ކުރުމާއި އަދި ރެޖިސްޓްރީ އަޕްޑޭޓްކޮށް

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ސެކްޝަން

ސްޕޯޓް ސަރވިސަސް / ފްރޮންޓް އޮފީސް އެންޑް މެސެންޖަރ ސަރވިސް 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީގެ ރިސެޕްޝަނަށް އަންނަ ހުރިހާ ފޯން ކޯލުތަކަށް ޖަވާބުދިނުމާއި، ސެކްޝަންތަކަށް ރޫޓް ކުރަންޖެހޭ ފޯންކޯލުތައް ރޫޓްކުރުމާއި އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ފަރާތްތަކަށް ކަންކުރަންވީ ގޮތް އަންގައިދީ އެފަރާތްތަކުން ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެ ދިނުމާއި އަދި ބައްދަލުވުންތަކާއި، އެޕޮއިންޓްމަންޓުތަކަށް އަންނަ ފަރާތްތަކުގެ މަޢުލޫމާތު ކަމާއި ގުޅޭ ސެކްޝަނަށް އެންގުމަށްފަހު އެތަންތަނުން އަންގާ ގޮތެއްގެ މަތީން އެތަނަކަށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު

02

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ސެކްޝަން

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހެލްތު ސެކްޓަރއިން ކުރިއަށް ގެންދާ އިންފްރޭސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ

  1. ޕްރޮޖެކްޓްސް ނުވަތަ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ޕްރޮޖެކްޓްސް ނުވަތަ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. ޕްރޮޖެކްޓްސް ނުވަތަ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ޔުނިޓް

ޕްރޮކިއުމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން އެކި ބޭނުންތަކަށް ކުރަންޖެހޭ އިޢުލާންތައް ކަނޑައެޅިފައި އޮންނަ ދުވަސްތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން ހޯދަންޖެހޭ ތަކެއްޗާއި، ޚިދުމަތް ހޯދުމަށްޓަކައި ޓެންޑަރ ކޮމިޓީއަށް ހުށަހަޅަންޖެހޭ ކަންތައްތައް ކޮމިޓީއަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އަދި ކޮމިޓީގެ ބައްދަލުވުންތައް ބާއްވާ ދުވަހުން ދުވަހަށް ޔައުމިއްޔާ ނިންމުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

މެއިންޓެނަންސް އޮފިސަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ޔުނިޓް

ރިޕެއަރ އެންޑް މެއިންޓެނަންސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީ އާއި މިނިސްޓްރީގެ ޑިޕާރޓްމަންޓް، ޑިވިޝަންތަކުން މަރާމާތުކުރަންޖެހޭ ތަކެތި މަރާމާތުކުރުމާއި، ސާރވިސް ކުރަންޖެހޭ ތަކެތި ގަވާއިދުން ބަލައި ޗެކުކޮށް ސަރވިސްކުރުމުގެ މަސައްކަތްކުރުމާއި މިނިސްޓްރީގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުމާއި ފޯނު ބޭނުންވާ މުވައްޒަފުންނަށް ފޯނުގެ ޙިދުމަތް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ ޢިމާރަތްތައް ހަޑިވިޔަނުދީ ބެލެހެއްޓުމާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި އެއްގަމުގައި ދުއްވާ ވެހިކަލް ތަކުގެ މަރާމާތާއި ބެހޭގޮތުން އަންނަ މައްސަލަތައް ބަލައިމަރާމާތު ކޮށްދޭންޖެހޭ ތަކެތި މަރާމާތު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު

އިންސްޕެކްޝަން އޮފިސަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

ކޮލިޓީ އެޝުއަރެންސް

ޔުނިޓް

އޯޑިޓްސް އެންޑް ރިވިއު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްހީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާއި ގަވާއިދުތަކަށް ފެތޭތޯ ބެލުމަށް އިންސްޕެކްޓްކޮށް ސާރވިސް އޮޑިޓްކުރުމާއި ޞިއްޙީ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިންސްޕެކްޝަންއިން ފާހަގަ ކުރެވޭ އިޞްލާޙުކުރަންޖެހޭ ކަންތައްތައް އެތަންތަނަށް އެންގުމަށްފަހު، ހިނގާ ނުހިނގާ ގޮތް ބަލައި މޮނިޓަރކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ޑިސެންބަރު އަދި ޖަނަވަރީ މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ ގައި)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިނިސްޓްރީގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

02 ޑިސެންބަރު 2014
ހޯދާ