ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ / ސީނިއަރ އޮފިސަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ / ސީނިއަރ އޮފިސަރ

އަދަދު: 3

މުސާރަ: ހަމަޖައްސާނީ ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް 1 އަހަރު ދުވަހުގެ މުއްދަތަށް

މަސައްކަތް ކުރަންޖެހޭތަން: ރީޖަނަލް ސޭލްސް އޮފީސް / އެސްޓީއޯ ޓްރޭޑް ސެންޓަރ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް:  1350.00ރ އާއި 3500.00 އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ރީޖަނަލް ފިހާރަތަކުގެ މާރކެޓިންގ ހަރަކާތްތައް ޕްލޭންކޮށް ހިންގުން

* ރީޖަނަލް ފިހާރަތަކުގެ މާރކެޓިންގއާ ބެހޭ އެހެނިހެން މަސައްކަތް ކުރުން

* ރީޖަނަލް ސޭލްސް ޑިޕާޓްމަންޓްގެ ޕޮލިސީތަކާއި ޕްރޮސީޖަރތައް މޮނީޓަރކޮށް ބެލެހެއްޓުން

* ރީޖަނަލް ފިހާރަތަކުގެ ސްޓޮކް ގުނުމާގުޅޭ އެންމެހައި ކަމެއް ރާވައި ހިންގައި ބެލެހެއްޓުން

* ރީޖަނަލް ފިހާރަތަކަށް ބޭނުންވާ އެންމެހައި ރިޕޯޓްތައް ތައްޔާރުކުރުން

* ރީޖަނަލް ފިހާރަތަކުގެ ސްޓޮކް ބެލެހެއްޓުން

* ރީޖަނަލް ފިހާރަތަކުގެ ސްޓޮކް ޕްލޭން ކުރުމާއި ޕްރޮމޯޝަންތަކާއި ޕްރައިސިންގ ކަންތައް ބެލެެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

* ޖީ.ސީ.އީ. އޯލެވެލް ، އޭލެވެލް ނުވަތަ ބިޒްނަސް ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ އެއަށްވުރެ މަތީފާހެއް އޮތުން

* މައިކްރޯސޮޕްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން

* ކޮމިއުނިކޭޝަންސް ސްކިލް، އެނެލެޓިކަލް ސްކިލް އަދި ކަންކަން ހިންގައި ރޭވުމުގެ ޤާބިލުކަން ހުރުން

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންަބރު 18ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މީހުން  ހޮވުމުގައި ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާނެއެވެ. އަދި ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑްއޮފީސް، ބޮޑުތަކުރުފާނު މަގު، މާލެ.

ފޯން: 3344333 ، 3344273.

03 ޑިސެންބަރު 2014
ހޯދާ