ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެނޭޖަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:މެނޭޖަރ

އަދަދު: 1

މުސާރަ: ހަމަޖައްސާނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

މަސައްކަތް ކުރަންޖެހޭތަން: ރީޖަނަލް ސޭލްސް ޑިޕާޓްމަންޓް – އެސްޓީއޯ ޓްރޭޑް ސެންޓަރ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 2500.00ރ އާއި 4000.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލި ބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ރީޖަނަލް ސޭލްސް ޑިޕާޓްމަންޓްގެ މަސައްކަތްތައް މެނޭޖްކޮށް ސުޕަވައިޒް ކުރުން

* ރީޖަނަލް ފިހާރަތަކުގެ މެނޭޖަރުންގެ ހުންނަ އެކިއެކި މައްސަލަތައް ބަލައި އެކަންތައްތައް ހައްލުކޮށްދިނުން

* ރީޖަނަލް ފިހާރަތަކަށް ސޭލްސް ޓާގެޓް ހެދުން

* މަހުން މަހަށް ހަދަންޖެހޭ ރިޕޯޓްތައް ތައްޔާރު ކުރުން

ތަޢުލީމާއި ތަޖުރިބާ:

* ބިޒްނަސް ދާއިރާއިން ޑިގްރީ ނުވަތަ މާސްޓަރސް އެއް ހަދާފައިވުން

* މިނިމަމް ސުޕަވިޝަން ގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން

* ސުޕަވިޝަން / މެނޭޖިރިއަލް ސްކިލްސް ހުރުމާއެކު ކޮމިއުނިކޭޝަން ސްކިލް އަދި އެނެލެޓިކަލް ސްކިލްސް ހުރުން

* މައިކްރޯސޮޕްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން އެނގުން

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 18 ވާ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މީހުން ހޮވުމުގައި ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާނެއެވެ. އަދި ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑްއޮފީސް، ބޮޑުތަކުރުފާނު މަގު، މާލެ.

ފޯން:3344333 ، 3344273.

03 ޑިސެންބަރު 2014
ހޯދާ