ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / ގރ 1

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / ގރ 1

އަދަދު:1

އަސާސީ މުސާރަ: -/3380 ރ. އާއި -/4350 ރ. އާދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހޯމް އިމްޕްރޫވްމަންޓް

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1750ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނާއި ޑީލްކުރުން
  • ގިނަވަގުތު މަަސައްކަތް ކުރެވުން އަދި ސިފްޓް ޑިއުޓީއަށް ނުކުމެވުން
  • ވިޔަފާރި ކުރިއެރުވުމާއި ތަނުން ލިބިދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން

ތަޢުލީމީ ތަޖުރިބާ:

  • ޖީސީއީ އޯލެވެލް ނިންމާފައިވުން
  • ގިނަ ވަގުތު މަސައްކަތް ކުރެވޭވަރު މީހެއްކަމުގައިވުން
  • މަސަތްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެންބަރު 2014ވާ އަންގާރަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު:  3344264 ފެކްސް:3344041  ވެބްސައިޓް: www.stomaldives.com

04 ޑިސެންބަރު 2014
ހޯދާ