ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފަޔަރ ސަބް އޮފިސަރގރ 1

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ފަޔަރ ސަބް އޮފިސަރގރ 1  

އަދަދު: 1

އަސާސީ މުސާރަ: 5300.00ރ

މަސައްކަތް ކުރަންޖެހޭތަން: ފުވައްމުލައް އެއަރޕޯޓް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: 3500.00ރ އާއި 4500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* ދަށުން ތިބޭ މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކުރުމާއި އެ މަސައްކަތްތައް ބެލުން

* ސުޕަވައިޒަރާއި ކޯޑިނޭޓުކުރުމަށްފަހު ސްޓާފުންގެ ޓްރެއިނިންގގެ ކަންތައް ބެލެހެއްޓުން

* ދިމާވާ ހާދިސާތަކާ ގުޅިގެން ރިޕޯޓުތައް ތައްޔާރުކުރުން

* ސުޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން

ތަޢުލީމީ ތަޖުރިބާ:

* ޖީ.ސީ.އީ އޯލެވެލް ނުވަތަ ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން

* އިމަޖެންސީ މެޑިކަލް ޓެކްނީޝަން ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

* ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

* ލީޑަރޝިޕް ހުރުމާއި މީހުން ގެންގުޅެން އެނގުން

* ޝިފްޓު ޑިއުޓީގައި މަސައްކަތުގައި އުޅެވޭ މީހެއްކަމުގައި ވުމާއި ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން

* އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު:  3344250، ފެކްސް:  3344041  ވެބްސައިޓް: www.stomaldives.com

04 ޑިސެންބަރު 2014
ހޯދާ