އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ނަންބަރު AS-B/IU/2014/89 އިޢުލާނުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖައްސާފައިވާ 07 ޑިސެންބަރު 2014 ވީ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުން، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.  

މި ސްކޫލުގެ މި ދަންނަވާ މަސައްކަތްތައް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

1- ޑަބްލިޔު ބްލޮކް އިމާރާތުގެ 10 ކްލާސްރޫމުގެ ފަންކާ ބަދަލުކުރުން.

2- ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން.

3- ސްޓާފުންގެ ފާޚާނާ މަރާމާތުކުރުން.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

09 ޑިސެންބަރު 2014
ހޯދާ