ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެނޭޖަރ

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: މެނޭޖަރ

އަދަދު: 1

މުސާރަ: ހަމަޖައްސާނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު.

މަސައްކަތް ކުރަންޖެހޭ ތަން: ރީޖަނަލް ސޭލްސް ޑިޕާޓްމަންޓް – އެސްޓީއޯ ޓްރޭޑް ސެންޓަރ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/2500ރ އާއި -/4000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ރީޖަނަލް ސޭލްސް ޑިޕާޓްމަންޓުގެ މަސައްކަތްތައް މެނޭޖްކޮށް ސުޕަވައިޒް ކުރުން

* ރީޖަނަލް ފިހާރަތަކުގެ މެނޭޖަރުންގެ ހުންނަ އެކިއެކި މައްސަލަތައް ބަލައި އެކަންތައްތައް ހައްލުކޮށްދިނުން

* ރީޖަނަލް ފިހާރަތަކަށް ސޭލްސް ޓާގެޓް ހެދުން

* މަހުން މަހަށް ހަދަންޖެހޭ ރިޕޯޓްތައް ތައްޔާރު ކުރުން

ތަޢުލީމާއި ތަޖުރިބާ:

* ބިޒްނަސް ދާއިރާއިން ޑިގްރީ ނުވަތަ މާސްޓަރސްއެއް ހަދާފައިވުން.

* މިނިމަމް ސުޕަރވިޝަންގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން.

* ސުޕަރވިޝަން / މެނެޖީރިއަލް ސްކިލްސް ހުރުމާއެކު، ކޮމިއުނިކޭޝަން ސްކިލް އަދި އެނެލެޓިކަލް ސްކިލްސް ހުރުން.

* މައިކްރޯސޮޕްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 14 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް:  http://www.stomaldives.com/downloads

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މީހުން  ހޮވުމުގައި ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާނެއެވެ. އަދި ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑްއޮފީސް، ބޮޑުތަކުރުފާނު މަގު، މާލެ.

ފޯނު: 3344333، 3344273.

03 ޑިސެންބަރު 2014
ހޯދާ