މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2/ އެމް. އެސް. 2

މުސާރަ      

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

މުސާރައިގެ %35

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ސައިންސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  ޕްރޮޖެކްޓް މެނޭޖްމަންޓާއި ގުޅުން ހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސައިންސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  ޕްރޮޖެކްޓް މެނޭޖްމަންޓާއި ގުޅުން ހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ސައިންސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. ސައިންސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  ޕްރޮޖެކްޓް މެނޭޖްމަންޓާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފެނާއި ނަރުދަމާއާ ގުޅޭ ސްޓޭންޑަރޑްސްއާ ގައިޑްލައިންސް ތައްޔާރު ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  2. ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ތައްޔާރު ކުރަންޖެހޭ އެގްރީމެންޓް ފަދަ ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް އެހީތެރިވެދީ އަދި އެޕްރޫވް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  3. ކަނޑައެޅިފައިވާ ގޮތުގެމަތިން މަޝްރޫޢުތަކުގެ ރިވިއު (ކުއަރޓަލީ އަދި މަންތްލީ) ރިޕޯޓް ތައްޔާރު ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން. އަދި އެ ކަންމާއި ގުޅޭ ގޮތުން ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ ޔައުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  4. ކަނޑައެޅިފައިވާ ގޮތުގެމަތިން ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތައް ހިނގަމުންދާގޮތުގެ އަޕްޑޭޓް ކޮންމެ ހަފުތާއެއްގައި ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  5. ޔުނިޓުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކާއި ގުޅިގެން ވަޑައިގަންވާ ބޭރުގެ ކޮންސަލްޓަންޓުންނަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ޢަމަލީ ގޮތުން ކޮންސަލްޓަންޓުން ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.
  6. ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާގުޅޭ ގޮތުން ލިބޭ ލިޔެކިޔުންތަކަށް އިސްވެރިޔާގެ އިރުޝާދުގެ މަތިން ދުވަހުން ދުވަހަށް ޖަވާބު ދިނުން.
  7. ނަރުދަމާ ނިޒާމުގެ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ބައްދަލުވުމުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅުފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  8. ޕޮރޮޖެކްޓާ ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް ބޭނުންވާ އެހީތެރިކަން ދިނުން.
  9. މީގެއިތުރުން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ސައިންސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
  2. އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
  3. ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  4. ސައިންސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  5. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ  (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއުއާއި އިމްތިޙާން ކުރުން  16 ޑިސެންބަރު 2014 އާއި 31 ޖަނަވަރީ 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި  އޮންނާނެއެވެ.

12  ޞަފަރު  1436

04 ޑިސެންބަރު 2014
ހޯދާ