ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބިދޭސީން ގެނެސްދޭނެ އޭޖެންސީއެއް ހޯދަން

އެސްޓީއޯ ޕލކގެ ވަޒީފާއަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ އޭޖެންސީއެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އެސްޓީއޯ ޕލކގެ ވަޒީފާއަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ އޭޖެންސީއެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ޑިސެންބަރު 07 ވާ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ޑިސެންބަރު 07 ވާ ދުވަހުގެ 15:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2014 ޑިސެންބަރު 08 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި  އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ބީލަން ކަރުދާސް ލިބުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 ޑިސެންބަރު 13 ވާ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށްް 2014 ޑިސެންބަރު 18 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ޑިސެންބަރު 24 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344318 ، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

01 ޑިސެންބަރު 2014
ހޯދާ