އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު އަމީން ސްކޮލަރޝިޕް - 2015

މުޙައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލުގެ ރަންޔޫބިލް ޙަރަކާތާ ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެދަށުން 1995 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ ސްކޫލެއްގެ ގްރޭޑް 7 ނިންމާ އަންހެން ދަރިވަރަކަށް (1 ޖާގަ) މި ސްކޫލުގެ ގްރޭޑް 8 ން 10 ނިމެންދެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕެކެވެ.

2015 ވަނައަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެކަމަށް އެދި 2014 ޑިސެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ސިޓީއާއެކު ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓުފިކެޓުގެ އަސްލާއެކު ކޮޕީއެއް އަދި 2014 ވަނައަހަރުގެ ސްކޫލް ރިޕޯޓްފޯމުގެ އަސްލާއެކު ކޮޕީއެއް (ގްރޭޑް 7 ގެ ފަހުޓާމް) ހުށަހަޅަންވާނެއެވެ.

ޝަރުޠު

  1. 2014 ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން.
  2. 2014 ވަނައަހަރު މާލެ/ވިލިނގިލި/ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ނިންމި ކުއްޖަކަށްވުން.
  3. އަޚުލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2014 ވަނައަހަރުގެ ފަހުޓާމުގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

ޝަރުޠު ހަމަވާ ކުދިންގެ ލިސްޓެއް 2014 ޑިސެންބަރު 07 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ފަހުން ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. މިކުދިންނަށް ދޭ އިމްތިޙާނު ތިރީގައިވާގޮތަށް މި ސްކޫލުގައި އޮންނާނެއެވެ. މިއިމްތިޙާނުގެ ނަތީޖާ 2014 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ފަހުން ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  • 2014 ޑިސެންބަރު 08 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އިނގިރޭސި         (2 ގަޑިއިރު)
  • 2014 ޑިސެންބަރު 08 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި ހިސާބު         (2 ގަޑިއިރު)
24 ނޮވެންބަރު 2014
ހޯދާ