މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް

މިރަށު ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)334/334/2014/63) އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ލިސްޓުގައިވާ ތަކެތި ވިއްކުމަށް ކުރިމަތިލާފައިވަނީ ހަމައެކަނި 02 ފަރާތުން ކަމަށްވެފައި، އެދެފަރާތުން ހުށަހަޅާފައިވާ އަގުތަކާއި ހުށަހެޅުންތަކަށް ބަލާއިރު އެހުށަހެޅުންތައް އެންމެ ރަނގަޅު ކަމުގައި މިކައުންސިލަށް ޤަބޫލު ނުކުރެވޭތީ، އެއިޢުލާން ބާޠިލު ކޮށްފީމެވެ.

ވީމާ، މިރަށު ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރިން މި އިދާރާއާ ގުޅުއްވާ މަޢުލޫމާތު ސާފުކުރައްވައި، 10 ޑިސެންބަރު 2014 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރިން އެމް.އީ.އޭ އެޕްރޫވްކުރާ ސެޓުފިކެޓު ނުވަތަ އިންޓަރނޭޝަނަލް އެޕްރޫވް އޮތޯރިޓީއެއްގެ ސެޓުފިކެޓުގެ ކޮޕީއަކާއި، ތަކެތި ވިއްކާ ފަރާތުގެ މަޢުލޫމާތާއެކު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

މިކައުންސިލުން މަޢުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި ކޯޓޭޝަނުގައިވާ ތަކެތި މިކައުންސިލަށް ފޯރުކޮށްދެވޭނެ މުއްދަތާއި އަގު، ވަރަށް ތަފުސީލުކޮށް ބަޔާން ކުރައްވަންވާނެއެވެ.

މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.

02 ޞަފަރު 1436

24 ނޮވެންބަރު 2014
ހޯދާ