ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް އާކިޓެކްޓް

ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް  

ސެކްޝަން: ފިޒިކަލް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންޓްރޯލް

ޔުނިޓް: ފިޒިކަލް ޕްލޭނިންގ

ބޭނުންވާ އަދަދު: 1

މަޤާމުގެ އަސާސީ ޝަރުޠު:

- މަޤާމާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

-  އެޗް.ޑީ.ސީ އިން އިމާރާތްކުރާ ބިލްޑިންގތަކުގެ ކުރެހުންތައް ތައްޔާރުކުރުން.

-  ހުޅުމާލޭގެ މެޕްތައް ޑްރާފްޓްކުރުން.

-  އެގްރީމެންޓްތަކާއި ރެޖިސްޓްރޭޝަންތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުން.      

-  ހުޅުމާލޭގައި ހެދިފައިވާ އިމާރާތްތަކާއި އަދި ހަދަމުންދާ އިމާރާތްތައް އިންސްޕެކްޓް ކުރުން.

-  ބިލްޑިންގ އެޕްރޫވަލަށް ހުށަހެޅޭ ކުރެހުންތައް ގަވާއިދުތަކަށް ފެތޭތޯ ބަލައި ޗެކްކުރުމުގައި އެހީތެރިވެދިނުން.

-  ޕްލޭނިންގ ޑިޕާޓްމެންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

-  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ، ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ.

-  އޮޓޯ ކެޑް ބޭނުން ކުރަން އެނގުމާއި ޑްރާފްޓިންގ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގުން.

-  އެމް.އެސް. އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން

-  ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން

-  ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

އަސާސީ މުސާރަ: 6200.00ރ އާއި 7،800.00 އާ ދެމެދު.

ޖުމްލަ ޕެކޭޖް (އެލަވަންސްތަކާއެކު): 10,930.00 އާއި 12,530.00 އާ ދެމެދު

...............................................................................................................................................................................................

މަޤާމު: އެސިސްޓެންޓް ޑިވެލޮޕްމަންޓް ކޮންޓްރޯލް އޮފިސަރ

ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

ސެކްޝަން: ފިޒިކަލް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންޓްރޯލް

ޔުނިޓް: ޑިވެލޮޕްމަންޓް ކޮންޓްރޯލް

ބޭނުންވާ އަދަދު: 1

މަޤާމުގެ އަސާސީ ޝަރުޠު:

-  މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

-  ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

-  ބިލްޑިންގ އެޕްރޫވަލަށް ހުށަހެޅޭ ކުރެހުންތައް ގަވާއިދުތަކަށް ފެތޭތޯ ބަލައި ޗެކްކުރުމުގައި އެހީތެރިވެދިނުން.

-  ހުޅުމާލޭގައި ހެދިފައިވާ އިމާރާތްތަކާއި އަދި ހަދަމުންދާ އިމާރާތްތައް، ޕްލޭނިންގ ގައިޑްލައިންތަކާއި ގަވާއިދުތަކަށް ފެތޭތޯ ބަލައި އިންސްޕެކްޓް ކުރުން

-  ބިލްޑިންގ އެޕްރޫވަލަށް ހުށަހަޅާ ކުރެހުންތަކުގެ ސްޓޭޓަސް ބެލެހެއްޓުމާއި، މި ޕްރޮސެސްގައި ބޭނުންކުރެވޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

-  ހުޅުމާލޭގެ މެޕްތައް ކުރެހުމުގައާއި، އެޗް.ޑީ.ސީ އިން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ކުރެހުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

-  ޕްލޭނިންގ ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި، އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

-  އޮޓޯ ކެޑް ބޭނުން ކުރަން އެނގުމާއި ޑްރާފްޓިންގ ސޮފްޓްވެއަރތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ.

-  އެމް.އެސް. އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން

-  ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން

އަސާސީ މުސާރަ: 5000.00ރ އާއި 6280.00 އާ ދެމެދު.

ޖުމްލަ ޕެކޭޖް (އެލަވަންސްތަކާއެކު): 9510.00 އާއި 10790.00 އާ ދެމެދު

...............................................................................................................................................................................................

މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

1ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                       3ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                           ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                                         ފޯނު: 3353535   

ފެކްސް: 3335892                                                                       ފެކްސް : 3358892

20 ނޮވެންބަރު 2014
ހޯދާ