ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއަތޮޅު ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 އަށް މިކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ