ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ސަބްޖެކްޓް މެޓީރިއަލްސް ތައްޔާރު ކުރުމަށް

ސަބްޖެކްޓް މެޓީރިއަލްސް ތައްޔާރު ކުރުމަށް ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގާ މެޑިކަލް ލެބޯޓްރީ ސައިންސް ކޯހުގެ މާއްދާއެއް ކަމަށްވާ "އިމިއުނޮލޮޖީ" ކިޔަވައިދިނުމަށް ބޭނުންކުރާނެ މެޓީރިއަލްސް ލިޔުމުގެ މަސައްކަތްކޮށް ދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ނޮވެންބަރު 2014 ވާ އާދީއްތަދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދަވާ ފަރާތްތަކަށް ވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

20 ނޮވެންބަރު 2014
ހޯދާ