މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓުގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާބެހޭ

މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ދޭ ތިރީގައިމިވާ ޚިދުމަތްތައް ގދ.ވާދޫއަށް ދޭނެ އޭޖެންޓެއް ބޭނުންވެއެވެ.

1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން.

2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ދިނުން.

3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.

4. ޕޯސްޓް ކާގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ހަވާލުވެ ފޮނުވުމާއި، ރައްދުކޮށްދިނުން.

5. ސްޓޭމްޕް ވިއްކުން.

6. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައިދިނުން.

އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް.

- ވިޔަފާރިކުރާ ނުވަތަ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން. ނުވަތަ ރަށުގައި ޙަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.

- ބޭންކް އެކައުންޓެއް އޮންނަ ފަރާތެއް ކަމުގައިވުން

- ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ.

މަހަކު -/150 ރުފިޔާ ( އޭޖެންސީ އުޖޫރަ )

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެ.

ހުށަހަޅަންޖެހޭ ތަކެތި.

1. ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގައި ހުށަހެޅުއްވުން.

2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.

3. ކްލަބް، ޖަމްޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓަރީގެ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ގުޅޭނެ ފޯނުނަންބަރާއެކު ވީ އެންމެ އަވަހަކަށް މިކުންފުންޏަށް ސިޓީ ފޮނުއްވައި ދެއްވުން އެދެމެވެ. ސިޓީ ފޮނުވުމުގެ މުއްދަތަކީ 27 ނޮވެންބަރު 2014 ގެ 16:00 ގެކުރިންނެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކުންފުނީގެ ފޯން ނަންބަރު 3009166 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ