މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
5 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތާގުޅޭ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭނުމަށް، ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނު ނަންބަރު IUL)13-K/13/2014/327) ގެ ދަށުން ބީލަންފޮތް ވިއްކުމަށް ދެވިފައިވާ މުއްދަތު 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އިތުރުކޮށްފީމެވެ.

 

މަސައްކަތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިއުރިޓީ 

ދިވެހި ރުފިޔާ

ޕްރީ-ބިޑް މީޓިންގ

ބިޑް ހުޅުވުން

އެން.ސީ.އާރ ގްރޭޑް

1

އދ. ފެންފުށި- ބޭރުތޮށި ހެދުން

TEB/2014/137

95,000

30 ނޮވެމްބަރ  2014, 14:00

15 ޑިސެމްބަރ 2014، 14:00  

HC01, Grade 1 & 2

2

ހދ.ކުމުންދޫ- ބޭރުތޮށި މަރާމާތުކުރުން

TEB/2014/142

80,000.00

1 ޑިސެމްބަރ  2014، 11:00

15 ޑިސެމްބަރ 2014، 11:00

HC01, Grade 1, 2 & 3

3

ޅ.ނައިފަރު- ބޭރުތޮށި މަރާމާތުކުރުން

TEB/2014/138

110,000.00

 

1 ޑިސެމްބަރ  2014، 10:00

15 ޑިސެމްބަރ 2014، 10:00

HC01, Grade 1 & 2

4

އއ.ހިމަންދޫ- ހާބަރު ހެދުން

TEB/2014/139

105,000.00

30 ނޮވެމްބަރ  2014، 11:00

15 ޑިސެމްބަރ 2014، 12:00

HC01, Grade 1 & 2

5

ތ.އޮމަދޫ- ހާބަރު ހެދުން

TEB/2014/140

120,000.00

30 ނޮވެމްބަރ  2014، 11:00

15 ޑިސެމްބަރ 2014، 11:00

HC01, Grade  1 & 2

2. 01 އެޕްރީލް 2014 އިން ފެށިގެން މިމިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ މަތީގައި ބަޔާންކޮށްފައިވާ ގްރޭޑްތަކަށް ކޮލިފައިވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

3. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 27 ނޮވެންބަރު 2014 ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީއިންނެވެ. ބީލަމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީއަކީ -/1،500 (އެއްހާސް ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

4. އަދި މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2 ޑިސެންބަރު 2014ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

5. މި ޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން:3349191 ،3349101،

ފެކްސް:3320706

އީމެއިލް:[email protected]

6. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމަށެވެ.

20 ނޮވެންބަރު 2014
ހޯދާ