މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކަލަންޑަރު ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

2015 ވަނަ އަހަރު މި މިނިސްޓްރީގެ ފަރާތުން ނެރޭ ކަލަންޑަރު ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ތަމްސީލު ކުރެވޭނީ އެއްފަރާތެއް ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

25 މުޙައްރަމް 1436

18 ނޮވެންބަރު 2014
ހޯދާ