މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ރަޖިސްޓްރީކޮށްދިނުން

އިޢުލާން

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ރަޖިސްޓަރީކޮށްދިނުން

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގައި ކުރަމުންދާ ހުރިހާ ވިޔަފާރިތަކަކަށްވެސް ރަޖިސްޓަރީކޮށްގެން، ވިޔަފާރި ހިންގުމަށް ލާޒިމުކުރެއެވެ. 13 އޯގަސްޓް 2014ގެ ނިޔަލަށް ލޯކަލް އިންވެސްޓްމަންޓްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ވިޔަފާރިކުރަމުން އައި ހުރިހާ ފަރާތްތަކަކުންވެސް، އެފަރާތުގެ ވިޔަފާރި ކުރިއަށް ގެންދަން ބޭނުންފުޅުނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިދާނެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނާ ބެހޭ މަޢުލޫމާތު ދިނުމަށްޓަކައި އޮކްޓޫބަރު 2014 އިން ފެށިގެން ފެބްރުއަރީ 2014ގެ ނިޔަލަށް ކޮންމެ މަހަކު 1 ފަހަރު، މަޢުލޫމާތު ދިނުމާއި ރަޖިސްޓަރޭޝަން ސެޓްފިކެޓް ބަލައިގަތުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިސެޝަނުގެ މައިގަނޑު މަގުސަދަކީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނާއި ގަވައިދު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރުމާއި ހިންގުމުގައި ސަމާލުވާންޖެހޭ ކަންކަމާ ބެހޭ މާޢުލޫމާތު ފޯރުކޮށްދިނުމެވެ.

މިގޮތުން ބާއްވާ ދެވަނަ ސެޝަންއާބެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ތާރީޚް: 29 ނޮވެންބަރު 2014 (ހޮނިހިރު)

ގަޑި:  ހެނދުނު 10:00 އިން ހަވީރު 5:00 އަށް

ތަން: ކަލާފާނު ސްކޫލް ހޯލް  

މި ސެޝަންގެ ތެރެއިން ތިރީގައިވާ ޚިދުމަތްތައް ލިބިވަޑައިގަންނަވާނެއެވެ.

- ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނާއި ގަވާއިދު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނާގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ޕްރެސެންޓޭޝަން ދިނުން (ހެނދުނު 10:30 އަދި މެންދުރުފަހު 14:00 ގައި)

- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަންބޭނުންވާ ފަރާތަކުން ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން ވަގުތުން ފާސްކޮށްދިނުން.

- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށްއެދޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތަކަށް، އެހީތެރިކަން ފޯރުކޮށްދިނުން.

- ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް، އައި.ޑީ. ކާޑުގެ ކޮޕީ ހުށަހެޅުމުން، ވިޔަފާރި ރަޖިސްޓަރީކުރުމަށްއެދޭ ފޯމު ބަލައިގަނެ ވަގުތުން ވަގުތަށް ޕްރޮސެސްކޮށް ރެޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރުން.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނެ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

މިއިޢްލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ނަންބަރު 3333125 އަށް ގުޅުއްވުން އެދެމެވެ.

‏24‏ މުޙައްރަމް‏ 1436

 

17 ނޮވެންބަރު 2014
ހޯދާ