ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1

މި އިޢުލާންވަނީ 17 ނޮވެންބަރު 2014 17:38 ގައި ބާތިލް ކުރެވިފައެވެ.


މިކުންފުނީގެ ނަންބަރު ADM/2014/425-ފ60 އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައިނުވާތީ، މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1

އަދަދު: 01

އަސާސީ މުސާރަ: -/3380ރ. އާއި -/4350ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

ވަޒީފާގެ ބާވަތް: ކޮންޓޮރެކްޓް (2 އަހަރު ދުވަހުގެ)

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސުޕަރމާޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1750ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.

* ޕެންސަން.

މަޤާމުގެ މަސްއޫލިއްޔަތު:

* ގުދަނުންނާއި ލޯކަލް ފިހާރަތަކުން މުދާ ރިސީވްކުރުމާއި

* ގުދަނުގައި މުދާތައް އެރޭންޖުކުރުން

* ޑެމޭޖްވާ މުދާތަކަށް ޑެމޭޖް ފޯމްތައް ތައްޔާރުކުރުން

* މުދާތައް ދޫކުރުމާއި ސްޓޮކަށް މުދާ އިތުރުކުރުން

ތަޢުލީމާއި ތަޖުރިބާ:

* ޖީސީއީ އޯލެވެލް ނިންމާފައިވުން

* ގިނަ ވަގުތު މަސައްކަތް ކުރެވޭވަރު މީހެއްކަމުގައިވުން

* މަސަތްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ނޮވެންބަރު 2014 ވަނަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344250 ފެކްސް : 3344041  ވެބްސައިޓް: www.stomaldives.com

16 ނޮވެންބަރު 2014
ހޯދާ