ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

މިކުންފުނީގެ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓަންޓް މެނޭޖަރ

އަދަދު: 01

އަސާސީ މުސާރަ: ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ މެޑިކަލް ވެއަރހައުސް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1950ރ އާއި -/2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

* ޕެންޝަން

މަޤާމުގެ މަސްއޫލިއްޔަތު:

* ވެއަރހައުސްގެ މަސައްކަތްތައް އަދި މުވައްޒަފުން ސުޕަވައިޒްކުރުމާއި މެނޭޖްކުރުން

* ސްޓޮކް މޫވްމެންޓް މޮނިޓަރކޮށް ކޮންޓްރޯލްކުރުން

* އަންނަ ކޮންސައިންގްމެންޓްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން

* ސިސްޓަމާ އެއްގޮތަށް މުދަލުގެ މޫވްމަންޓް އެކުއިރިސީ މޮނިޓަރކޮށް ބެލެހެއްޓުން

* ވެއަރހައުސްގެ ކޮލިޓީ ކޮންޓްރޯލް ކަންތައްތައް ބެލެހެއްޓުން 

ތަޢުލީމީ ތަޖުރިބާ:

* ބިސްނަސް މެނޭޖްމަންޓް ނުވަތަ މެޑިކަލް ދާއިރާއަކުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުން

* ކޮމްޕިއުޓަރ ލިޓަރޭޗަރ ނޮލެޖް

އެހެނިހެން ހުނަރު:

* މެޑިކަލް ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

* ވެއަރހައުސްގެ ދުވަހުން ދުވަހުގެ އޮޕަރޭޝަންތައް މެނޭޖްކުރުން

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ނޮވެންބަރު 2014ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245     ފެކްސް:  3344041    ވެބްސައިޓް: www.stomaldives.com

16 ނޮވެންބަރު 2014
ހޯދާ