ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އިންސްޕެކްޓަރ ޖެނެރަލް

 

ވަޒީފާގެ ފުރުސަތު

 

މަޤާމު

އިންސްޕެކްޓަރ ޖެނެރަލް  

ރޭންކް: އީ.އެކްސް 6

 

އަދަދު

1

 

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

 

އަސާސީ މުސާރަ

-/15,560 ރުފިޔާ

 

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

 

 

  1. މަގާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު،EX 5  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، EX 1 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި، 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ޝަރުޢީ ދާއިރާގެ ސެކިއުރިޓީ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމް ހިންގައި ތަންފީޒުކުރުން.

2- ޝަރުޢީ ދާއިރާގެ ކޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް  ހަމަޖެއްސުން.

3- ކޯޓުތަކުގެ ޢިމާރާތްތަކަށް ލިބޭ ނުވަތަ ލިބިދާނެ އެންމެހައި ގެއްލުންތަކުން ކޯޓުތަކުގެ ޢިމާރާތްތައް ޙިމާޔަތްކުރެވޭނެ އިންތިޒާމް ހަމަޖައްސައި ބެލެހެއްޓުން.

4- ކޯޓުތަކުގެ ޢިމާރާތްތަކަށް ދޭ އެންމެހައި ގެއްލުންތަކުގެ ރެކޯޑުތައް ބަލަހައްޓައި، ލިބޭ ގެއްލުންތައް މަރާމާތުކުރުމަށް ކަމާބެހޭ ސެކްޝަނަށް މަޢުލޫމާތު ދިނުން.

5- ކޯޓުތަކުގެ ޢިމާރާތްތަކަށް ދޭ އެންމެހައި ގެއްލުންތަކުގެ ރެކޯޑުތައް ބަލަހައްޓައި، ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު ކަމާގުޅޭ އިދާރާތަކަށް ދިނުން.

6- ސެކިއުރިޓީ ޔުނިޓުގެ މަސައްކަތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ އެންމެހައި މަޢުލޫމާތު ދިނުމުގެ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.

7- ސެކިއުރިޓީ ޔުނިޓުގެ މުވައްޒަފުންނަށް ދާއިމީގޮތެއްގައި ދޭންޖެހޭ ފިޓްނަސް ޓްރޭނިންގ ދިނުން.

8- ސެކިއުރިޓީ ޔުނިޓުގެ މުވައްޒަފުންނާއި، ކޯޓުތަކުގެ ސެކިއުރިޓީ މުވައްޒަފުންނަށް ދޭންޖެހޭ ޕްރޮފެޝަނަލް ޓްރޭނިންގ ދިނުމުގެ އެންމެހައި އިންތިޒާމް ހަމަޖައްސައި ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ތަކެތި

1-  ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

3-  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-    އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

2014 ނޮވެންބަރު 26 ވާ ބުދަ ދުވަހުގެ 15:00 ގެކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

 

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް  އެދޭ ފޯމް މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން   ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.

 

17 ނޮވެންބަރު 2014
ހޯދާ