ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މުދާ ބާލައިދިނުމާއި ބަރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ހދ. ކުޅުދުއްފުށި ފިހާރައިގައި ހުންނަ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުން ގެންނަ މުދަލާއި އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ހދ. ކުޅުދުއްފުށި ފިހާރައިގެ ގުދަނުގައި ޖެއްސުމާއި، އެސްޓީއޯ ބޯޓުފަހަރަށާއި އެހެނިހެން ބޯޓުފަހަރަށް ހދ. ކުޅުދުއްފުށި ފިހާރައިގެ ގުދަނުން މުދާ ނެރެގެން ގެންގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ( ADM/2014/436-ފ60 ) ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00އަށް ހދ.ކުޅުދުއްފުށި ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ނޮވެންބަރު 2014ވާ އާދީއްތަ ދުވަހުގެ 1100 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344262، 3344391

ފެކްސް:  3344633

އީމެއިލް: [email protected]

21 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ