މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކުޑަކުދިންގެ ހިޔާއަށް މުވައްޒަފުން ހޯދުމަށް ކުރެވިފައިވާ IUL)459/1/2014/1001)ފ(10 ޖުލައި 2014) ނަންބަރު އިޢުލާނާއި، އަދި IUL)23/1/2014/664/66)ފ(30 އެޕްރީލް 2014) ނަންބަރު އިޢުލާނުގައިވާ "ޗައިލް ކެއަރ ސްޕަވައިޒަރު"ގެ މަޤާމާއި، "އެސިސްޓެންޓް ޗައިލްޑް ކެއަރ ވާކަރ"ގެ މަޤާމު ބާޠިލުކޮށް، އެ މަޤާމުތަކަށް މީހުން ހޯދުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ކުޑަކުދިންގެ ހިޔާ، ވިލިނގިލި

މަޤާމު

ޑިރެކްޓަރ (ކުޑަކުދިންގެ ހިޔާ)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް:EX 1

މުސާރަ

މަހަކު -/8835

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

ކުޑަކުދިންގެ ހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާޢްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ނުވަތަ
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.ނުވަތަ
  5. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓު ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބޭކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިއްޔަތުކޮށް، ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  2. ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބޭކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާ ޙައްޤުތައް، ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  3. ކުޑަކުދިންގެ ހިޔާގެ ޢިމާރާތާއި، މެޝިނަރީޒާއި، ފަރުނީޗަރު މަރާމާތުކުރުމާއި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  4. ކުޑަކުދިންގެ ހިޔާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާ ގުޅޭ އެންމެހާ މަސައްކަތްތައް، ހިންގައި ބެލެހެއްޓުން.
  5. ކުޑަކުދިންގެ ހިޔާގެ ބަޖެޓުބެލެހެއްޓުމާއި ގުޅިގެންކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  6. ކުޑަކުދިންގެ ހިޔާއަށް ހޯދަންޖެހޭ އެންމެހާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމު

މެނޭޖަރ (ކުޑަކުދިންގެ ހިޔާ)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:  ސ.ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:Ms3

މުސާރަ

މަހަކު -/7035

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

ކުޑަކުދިންގެ ހިޔާ/ އަމާން ހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާޢްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ނުވަތަ
  3. މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ނުވަތަ
  4.    4.  މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުދިންނަށްބެލެހެއްޓުމާއި، ކުދިންނަށް ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ބެލެހެއްޓުމާއި، ޗައިލްޑް ކެއަރ ސްޕަވައިޒަރުންނާއި ޗައިލްޑް ކެއަރ ވާރކަރުންގެ މަސައްކަތްތައް ބެލެހެއްޓުން.
  2. ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ ކުދިންގެ ހުރިހާ ކަންތައްތައް ބަލައި މޮނީޓަރ ކުރުން
  3. ކުޑަކުދިންގެ ހިޔާއިން ބަލަހައްޓަމުން ގެންދާ ކުދިންގެ ތަފާތު ހުނަރު ތަރައްޤީ ކުރުމަށް ހިންގަންޖެހޭ އެންމެހައި ޕްރޮގަރާމްތައް ރާވައި އިންތިޒާމު ކުރުމާއި ބެލެހެއްޓުން.
  4. މުޖުތަމަޢާއި ކުޑަކުދިންގެ ހިޔާއާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުން.
  5. ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ޓެކްނިކަލް މުވައްޒަފުން ސްޕަވައިޒް ކުރުމާއި ޓެކްނިކަލް ސަޕޯޓް ދިނުން.
  6. ކުޑަކުދިންގެ ހިޔާގެ ކުދިންގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާވައި ހިންގުން.
  7. ކުޑަކުދިންގެ ކިޔެވުމާއި އެހެނިހެން ތަމްރީނުތައް ދިނުމުގެ އެންމެހައި އިންތިޒާމުތައް ބެލެހެއްޓުން.
  8. ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި އެހެނިހެން ޕްރޮގްރާމްތައް ރާވައި ހިންގުމާއި ބެލެހެއްޓުން.
  9. ރިޕޯޓުކުރައްވާ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަސައްކަތް ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ގެންދިއުން.

މަޤާމު

ކައުންސެލަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމްއެސް 1

މުސާރަ

މަހަކު -/5610

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

 

 

 

 

 

  1. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.   ނުވަތަ
  2. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1.  ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގެ ކުދިންނާއި އަދި ޢާއިލާތަކާ އެކީ މަސައްކަތް ކުރުން.
  2. ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭ ދާއިރާތައް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑްޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓް ފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާ ގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށް އެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން
  3. ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާއާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  4. ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

މަޤާމު

އެސިސްޓެންޓް ސޯޝަލް ސަރވިސް ވާކަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީއެސް 4

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތްކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލްސައިންސްގެ ދާއިރާއަކުން ސެޓުފިކެޓު ލެވަލް 3 ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1.  ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  2. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓްތައް ތައްޔާރުކޮށް އިސްބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  3. މިނިސްޓްރީއާ ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން. އަދި ކައުންސެލިން ސެޝަންތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީއެސް 4

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތްކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލްސައިންސްގެ ދާއިރާއަކުން ސެޓުފިކެޓު ލެވަލް 3 ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1.  ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  2. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓްތައް ތައްޔާރުކޮށް އިސްބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  3. ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގެ ކުދިންނާއި އަދި ޢާއިލާތަކާ އެކީ މަސައްކަތް ކުރުން.
  4. ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭ ދާއިރާތައް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑްޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓް ފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާ ގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށް އެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން
  5. ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާއާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  6. ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

މަޤާމު

ޗައިލްޑް ކެއަރ ސްޕަވައިޒަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އ. ޓެކްނިކަލްއޮފިސަރ ގްރޭޑް1

ރޭންކް GS3

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ ، ވިލިނގިލި

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސް/ ކައުންސެލިން/ ޗައިލްޑްކެއަރ ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމަށް ތިބޭ ކެއަރ ވާކަރުންގެ މަސައްކަތްތައް ބަލައި ސުޕަވައިޒް ކުރުން.
  2. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ބެލެހެއްޓުމާއި، އެމަސައްކަތް ކުރާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި އެހީތެރިވެދިނުން.
  3. ކުދިންގެ ހުރިހާ ކަންތައްތައް ބެލެހެއްޓުމާއި، ކަންތަކުގައި ބޭނުންކުރެވޭ ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.
  4. ކުދިންގެ އެންމެހާ ކަންތައް ގާތުން މޮނީޓަރކޮށް ވެރިންގެ ލަފާޔާއި އިރުޝާދުގެ ދަށުން ދުވަހުންދުވަހަށް ކުދިންނަށް ބޭނުންވާ އެންމެހާ ކަންތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން.
  5. ޑިއުޓީ ތާވަލްތައް ހެދުމާއި، ޑިއުޓީ ރެކޯޑްސްއާއި ކުދިންގެ ފައިލްކުރަންޖެހޭ ތަކެތި ތަރުތީބުކޮށް ފައިލްކޮށް ބެލެހެއްޓުން.
  6. ކުދިންގެކިޔެވުމާއި ކުޅިވަރާއި ހުސްވަގުތު އެކަށީގެންވާގޮތަށް ރާވައި އެކުދިންގެ ޙަރަކާތްތަކުގެ ބޭނުންވާ އެހީތެރިކަން ހޯދައިދިނުމުގައި ދުވަހުގެ ތާވަލް ކުރިއަށްދާގޮތް ބެލެހެއްޓުން.
  7. ކުދިންގެ ޞިއްޙަތަށް އަންނަ ބަދަލުތައް ބެލުމަށްފަހު ހެލްތުއޮފިސަރަށް އެންގުން.
  8. ކުދިންނަށް ބޭނުންވާ ތަކެތީގެ ތެރެއިން ޗައިލްޑްކެއަރވާރކަރުން އެދޭ ތަކެތި އިސްރާފު ނުވާ އުސޫލުން ޗައިލްޑްކެއަރވާކަރުންނަށް ހޯދައިދީ އެތަކެތީގެ ހިސާބު ބެލެހެއްޓުން.
  9. ރިޕޯޓުކުރައްވާ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ބަލައި ފޯމުތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން.

 

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ (އެކްރެޑިޓް ކޮށްފައި ނުވާ ސެޓުފިކެޓު ޤަބޫލެއް ނުކުރެވޭނެއެވެ.)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް

ސުންގަޑި

2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 02:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގ) އަށް / ކުޑަކުދިންގެ ހިޔާއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މިމަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ޑިސެންބަރުމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހުރަވީބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ  ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

12 ނޮވެންބަރު 2014
ހޯދާ