މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަން: އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މުސާރަ: 5020.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް  / މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނަކުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ހިންގަން ބޭނުންވާ ޙަރަކާތްތަކާބެހޭ އަހަރީ ވާރކްޕްލޭން، ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުން. އަދި އަހަރީ ޕްލޭންގައި ހިމެނޭ ކަންކަން، ސުޕަވައިޒަރުގެ މަޝްވަރާއާއި އެހީތެރިކަން ހޯދައި، އެކަންކަން ވިލަރެސްކޮށް، ހިންގުން.
  2. އެމް.އެން.އައި.އެސް އިން ހިންގަން ހަމަޖެހިފައިވާ ޕްރޮގުރާމުތައް ބެލެހެއްޓުމަށް ހަލާވެފައިވާ ކޯޑިނޭޓަރުންގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ދިމާވާ ދަތިތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން.
  3. އެމް.އެން.އައި.އެސް އިން ހިންގާ ޕްރޮގުރާމުތައް ރޭވުމާއި، ޕްރޮގުރާމު ހިންގުމަށް ފެސިލިޓޭޓަރުން ހޯދުމާއި، ރާވާފައި ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބަލައި ވިލަރެސްކުރުން.
  4. އެމް.އެން.އައި.އެސް އިން ހިންގާ ޕްރޮގުރާމުތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

    ހ. ހިންގާ ޙަރަކާތްތަކާގުޅޭ ރިޕޯޓެއް، އެ ޙަރަކާތެއް ހިންގާ ނިމޭތާ ގިނަވެގެން 1 ހަފުތާގެ ތެރޭގައި މަސައްކަތް ސުޕަވައިޒް ކުރާ ފަރާތަށް ހުށަހަޅައި ގެންނަން ފެންނަ އިޞްލާޙެއް އޮތްކަމަށްވާނަމަ އެބޭފުޅެއްގެ މަޝްވަރާގެ މަތިން ގެނައުން.

    ށ. ހިންގާ ޕްރޮގުރާމުތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސުޕަވައިޒަރާ ހިއްސާކުރުން.

5. ޕްރޮގުރާމުތަކުގައި ކިޔަވައިދޭ އިންސްޓްރަކްޓަރުން / ފެސިލިޓޭޓަރުންގެ އެގްރިމެންޓްގެ މަސައްކަތާއި އެލަވަންސް ދިނުމުގެ ކަންތައް އޮންނަ އުސޫލުގެ މަތީން ކުރިއަށް ގެންދިއުން.

6. ހަވާލުވެފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ފައިލްތައް ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއެކު ފެންނާނެ ގޮތުގެ ނިޒާމެއް ޤާއިމުކޮށް ބަލަހައްޓާނެ އިންތިޒާމު ހަމަޖެއްސުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

17 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ