ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ތާރޑް އޮފިސަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ތާރޑް އޮފިސަރ

އަދަދު: 01

ކޮންޓްރެކްޓް މުއްދަތު: 09 މަސްދުވަސް

އަސާސީ މުސާރަ: 10280.00ރ

މަސައްކަތް ކުރަންޖެހޭތަން: އެމް ޓީ އަލިހުރަސް

އެހެނިހެން އިނާޔަތްތައް

* އިތުރު އެލަވަންސް:

- ފިކްސްޑް އޯވަރޓައިމް އެލަވަންސް: 5140.00ރ

- ފިކްސްޑް އެލަވަންސް: 5705.40ރ

- ޓޭންކަރ އެލަވަންސް: 1542.00ރ

- އެހެނިހެން އެލަވަންސް

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* ނިއަމިކަން ކުރުން އަދި ކާގޯ އަރުވައި ބޭލުމުގެ ކަންތައްތައް ބެލެހެއްޓުން

* ބޯޓްގެ ސަލާމަތީ ސާމާނު މާސްޓަރ އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން

* ފަޅުވެރިންނާއި، ބޯޓާއި މުދަލާއި އަދި ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުން

* ބޯޓުގެ ވެރިފަރާތުގެ މަޞްލަޙަތު ހިމާޔަތްކޮށް ރައްކާތެރިކުރުން

ތަޢުލީމާއި ތަޖުރިބާ:

* އެޑްވާންސް އޮއިލް ޓޭންކަރ ސެޓުފިކެޓު / ސީއޯސީ / ކޮންޓިނިއުއަސް ޑިސްޗާރޖް ސެޓުފިކެޓު / ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީޒް / އެލިމެންޓްރީ ފަރސްޓް އެއިޑް ސެޓުފިކެޓު / ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓުފިކެޓު / ޕާރސަނަލް ސަރވައިވަލް ޓެކްނީކްސް ފުރިހަމަކޮށްފައިވުން

* މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހު ތަޖުރިބާހުރި މީހެއްކަމުގައިވުން

* ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ނޮވެންބަރު 2014 (ބުދަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:3344239/ 3344261ފެކްސް:  3344041 ވެބްސައިޓް: www.stomaldives.com

06 ނޮވެންބަރު 2014
ހޯދާ