ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/665

ތާރީޚު: 13 ނޮވެންބަރު 2014

މަޤާމު:

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު:

1

މުސާރަ:

 މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އޮފީސް:

ބިޒްނަސް ސްކޫލް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1،522 ރުފިޔާ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

މަޤާމުގެ ޝަރުޠު:

 

 

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،    

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،        

3. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ،

4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކްގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

5. މަޤާމުގެ މަސައްކަތުކުރުމުގެ ހުނަރުާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފެކަލްޓީއަށް އަލަށް ގެންނަ ކޮމްޕިއުޓަރތަކާއި، ޕްރިންޓަރުތަކާއި، އެއާގުޅޭ ހުރިހާ ސާމާނެއް ބަލައި ޗެކްކޮށް، އޭގެ މެއިންޓެނަންސް މަސައްކަތް ކުރުން.
  2. ކޮމްޕިއުޓަރާއި، އިލެކްޓްރޯނިކް އިކްއިޕްމަންޓްތަކާއި، އެއާ ގުޅޭ ސާމާނުގެ ވަކި އިންވެންޓްރީއެއް ތައްޔާރުކޮށް، އެއަށް އަންނަ ބަދަލުތައް ގެނެސް ޤަވާއިދުން ބަލަހެއްޓާތޯ ބެލުން.
  3. ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކްއިޕްމަންޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކާއި، ހާޑްވެއަރއާއި ސޮފްޓްވެއަރ މައްސަލަތައް ޙައްލުކޮށްދިނުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް ބެލެހެއްޓުން.
  4. ކިޔަވައިދިނުމާއި، އިދާރީ ބޭނުންތަކަށް ފަހިވާނެހެން ފެކަލްޓީގެ ކޮމްޕިއުޓަރުތަކާއި ކޮމްޕިއުޓަރ  ނެޓްވާރކް ތައްޔާރީ ޙާލެއްގައި ދެމެހެއްޓުން.
  5. ކިޔަވައިދިނުމަށާއި ދަރިވަރުންގެ ބޭނުންތަކަށް ފެކަލްޓީގެ ކޮމްޕިއުޓަރ ލެބްތައް އަބަދުވެސް ތައްޔާރީ ޙާލަތެއްގައި ދެމެހެއްޓުން.
  6. ނެޓްވާރކަށް ދިމާވާ މައްސަލަތައް ބަލައި، ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ވަގުތުން ޙައްލުތައް ހޯދުން.
  7. ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އިކްއިޕްމަންޓްތައް ބަލަހައްޓައި، ފަންނީ މުވައްޒަފުންނަށާއި އިދާރީ މުވައްޒަފުންނަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި، ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
  8. ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ،   ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މިފަދަ ސޮފްޓްވެއަރތައް ހޯދައި، އެތަކެތި ފެކަލްޓިގައި ބޭނުންކުރެވޭނެގޮތް ހަމަޖެއްސެވުން.
  9. ކޮމްޕިއުޓަރތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ދެނެގަނެ،  ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެފަދަ ތަކެތި ހޯދުން.
  10. އައިޓީ ކޯސްތައް ހިންގަން ބޭނުންވާ ތަކެތި ދެނެގަނެ،  ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެ ތަކެތި ހޯދުން.
  11. ފަންނީ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންނާ ގުޅިގެން،  އެއްބާރުލުމުގެ ރޫޙެއްގައި އެކުވެރިކަމާއެކު މަސައްކަތް ކުރުން.
  12.  މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ މިނޫން ކަންތައްތައްވެސް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔުކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
13 ނޮވެންބަރު 2014
ހޯދާ