ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/663

ތާރީޚު: 13 ނޮވެންބަރު 2014

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު  5,437.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ދާއިރާ:

ހޮސްޕިޓަލިޓީ / ޓޫރިޒަމް

ރޭންކް:

2

މަޤާމުގެ ޝަރުޠު:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން  ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުސަތު ހުޅުވައިލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 11,374.40 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު4,874.74 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ދާއިރާ

ހޮސްޕިޓާލިޓީ / ޓޫރިޒަމް

ރޭންކް:

1

މަޤާމުގެ ޝަރުޠު:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް 7 ގެ ސަނަދެއްނެތި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސީނިއަރ ޓިއުޓަރ/ ޕްރިންސިޕަލް އިންސްޓްރަކްޓަރގެ މަޤާމުގައި 6 އަހަރު ދުވަސް ހޭދަކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.
  2. ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުން.
  3. ރިސަރޗް މަސައްކަތްކުރުން.
  4. ފަންނީ ހަރަކާތްތަކުގައި ބައިވެރިވުން.
  5. ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާނު ތައްޔާރުކުރުމާއި، މާކުކުރުމާއި، އެސެސްކުރުމާއި، އިންވިޖިލޭޓްކުރުން.
  6. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތް ކުރުން.
  7. ދަރިވަރުންނާއެކު މަޝްވަރާ ބޭއްވުން.
  8. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.
  9. މާއްދާ ކޯޑިނޭޓްކުރުން.
  10. މަރުކަޒާއި ޑިޕާރޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުމާއި، ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ހޮޓެލް ހައުސް ކީޕިންގ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އެސިސްޓެންޓް ހައުސްކީޕިންގ ނުވަތަ އެގްޒެކެޓިވް ހައުސްކީޕިންގގެ މަޤާމުގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެވާއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

 2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީ އަށްލިބިގެންވެއެވެ.
13 ނޮވެންބަރު 2014
ހޯދާ