ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިންތައް ސާރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ޒެރޮކްސް، ޓޮސީބާ އަދި ކެނޯން ބްރޭންޑްގެ ފޮޓޯކޮޕީމެޝިންތައް ސާރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރު SP/2014/77-ފ145 (26 އޮކްޓޫބަރު 2014) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ޒެރޮކްސް، ޓޮސީބާ އަދި ކެނޯން ބްރޭންޑްގެ ފޮޓޯކޮޕީ މެޝިންތައް ސާރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ޒެރޮކްސް، ޓޮސީބާ، އަދި ކެނޯން ބްރޭންޑުގެ ފޮޓޯކޮޕީމެޝިންތައް މަރާމާތުކުރުމާއި، 02 އަހަރު ދުވަހަށް ސާރވިސްކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 17 ވަނަދުވަހުގެ 11:00 އަށް ކްރިމިނަލްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 20 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލްކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ