ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ތިލަފުށީގެ ބިމާއި ވަށައިގެންވާ ސަރަޙައްދުތައް ވެލުއޭޓުކުރުން

ރިކުއެސްޓް ފޯ ޕްރޮޕޯޒަލް

ތިލަފުށީގެ ބިމާއި ވަށައިގެންވާ ސަރަޙައްދުތަކުގެ ވެލުއޭޝަނެއް ހަދަން ބޭނުންވާތީ، މިމަސައްކަތް ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޝައުޤުވެރިވެލައްވާ، ކަމުގެ ތަޖުރިބާއާއި ޤާބިލުކަން ހުރި، އެންމެހައި ވެލުއާރސްއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ޑޮކިއުމެންޓަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

10 ދުވަސް (ރަސްމީ)

13 ނޮވެންބަރު 2014 އިން 26 ނޮވެންބަރު 2014 އަށް

08:30 އިން 13:00 އަށް

އާރުއެފްޕީ ޑޮކިއުމެންޓް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

26 ނޮވެންބަރު 2014

14:00 އިން

އިންފޮމޭޝަން ސެޝަން

ޓީސީއެލް ހެޑްއޮފީސް

ބުދަ

03 ޑިސެންބަރު 2014

10:30 ގައި

ޕްރޮޕޯޒަލް ހުށަހެޅުން އަދި ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

10 ޑިސެންބަރު 2014

10:30 ގައި

  • ޑޮކިއުމެންޓް ވިއްކާ އަގަކީ 100.00 (ސަތޭކަ) ޔޫއެސް ޑޮލަރ، ނުވަތަ އެއަށްވާ ދިވެހިފައިސާ (15.42 ރޭޓު) އިންނެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 500.00 (ފަސްސަތޭކަ) ޔޫއެސް ޑޮލަރ، ނުވަތަ އެއަށްވާ ދިވެހިފައިސާ (15.42 ރޭޓު) އިން ބަހައްޓަންވާނެއެވެ.
  • ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު އާރުއެފްޕީ ޑޮކިއުމެންޓުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ