ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޭސް އިންވެސްޓިގޭޓަރ، ގްރޭޑް-2

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

  1. މަޤާމު:

ކޭސް އިންވެސްޓިގޭޓަރ، ގްރޭޑް-2

ކްލެސިފިކޭޝަން: އޮފިސަރ، ގްރޭޑް-2

ސިވިލް ސަރވިސް ރޭންކް: އެމް.އެސް-1

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/6,700 ރުފިޔާ

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

އެކު ޖުމުލަ:

-/13,715 ރުފިޔާ

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން ޢިނާޔަތްތައް:

ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު)ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ފެންވަރު ނުވަތަ ޝަރުޠު:

1- ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން،

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙްޤީޤުކޮށް، އެ މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނަށް މަޝްވަރާއާއި ލަފާދިނުން.
  2. ކޮމިޝަނުން ދޭ ލަފާގެ މަތީން ސަރުކާރުގެ އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  3. ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތައް ކުރިއަށް ދާ ގޮތާއި، އެ މައްސަލަތަކާ ގުޅޭ އެންމެހައި ރެކޯޑު ބެލެހެއްޓުން.
  4. މައްސަލަތަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ބެލެހެއްޓުން.
  5. ފުލުހުންނާ ގުޅޭ މައްސަލަތަކުގެ ރިސަރޗް ރިޕޯޓު ތައްޔާރުކުރުން.
  6. ކޮމިޝަނުގެ ލަފާގެ މަތިން މައްސަލަތަކާ ގުޅޭ ރިޕޯޓު ތައްޔާރުކުރުން.
  7. މައްސަލަތަކަށް ހާޒިރުކުރަންޖެހޭ މީހުންނަށް ހާޒިރުވާން އެންގުން.
  8. މައްސަލަތަކުގައި ގެނެވޭ މީހުންގެ ބަޔާން ނެގުން.
  9. ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅުން ހުރި ލިޔުންތައް ހޯދުން.
  10. ކޮމިޝަނުން ބަލާ މައްސަލަތަކާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ޓައިޕްކޮށް، ފައިލްކޮށް ބެލެހެއްޓުން.
  11. ލީގަލް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ތެރެއިން ސުޕަރވައިޒްކުރުމަށް ހަވާލުކުރެވޭ މުވައްޒަފުން ސުޕަރވައިޒްކޮށް އެ މުވައްޒަފުންގެ އެޕްރެއިޒަލް ހެދުން.
  12. މި ނޫނަސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ކުރުމަށް އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)

2- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

3- ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިއު.އޭއިން އެޓެސްޓްކޮށްފައިވާ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

4- ކޯސް ފުރިހަމަކުރުމަށްފަހު އަދި ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް، ވަޒީފާ އަދާކުރި ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތުތައް (މަހާއި އަހަރު އެނގޭ ގޮތަށް) އެނގޭ ގޮތަށް).

6- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

7- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.

8- މިހާރު ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔުން.

ނޯޓު: އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މިކޮމިޝަނުގެ ކައުންޓަރަށެވެ.

  • އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
  • އެޕްލިކޭޝަން ފޯމުގައި ނުވަތަ ވަނަވަރުގައި އީމެއިލް އެޑްރެސް ޖަހަންވާނެއެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ޑިސްކޮލިފައިކުރެވޭނެއެވެ.

ސުންގަޑި:

  • 2014 ނޮވެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ސުންގަޑީގެ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމުތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމީ ސެކްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެމަތިން މާކްސް ލިބޭ  ފަރާތްތަކެވެ.

- ކޭސް އިންވެސްޓިގޭޓަރ ގރ.2 ގެ މަޤާމަށް ކުރިމަތިލާ އިރު، މިހާރު ޑިގްރީ ފުރިހަމަކޮށް، ސެޓްފިކެޓް ނުލިބިވާ ފަރާތްތަކުންވެސް ޑިގްރީ ފުރިހަމަކުރިކަމުގެ ލިޔުމެއް ހުށަހެޅުމުން އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އަދި އެފަދަ ފަރާތެއް ވަޒީފާއަށް ހޮވިއްޖެނަމަ ވަގުތީ ވަޒީފާއެއް ހަމަޖައްސައިދެވޭނެއެވެ. ވަޒީފާ ދާއިމީ ކުރެވޭނީ ޑިގްރީ ސެޓްފިކެޓް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ