މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 3

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/7,035 ރުފިޔާ

-/2,000 ރުފިޔާ

މުސާރައިގެ %35

(އިތުރުގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ޕްރޮކިއުމަންޓް ޔުނިޓް

ބޭނުންވާ އަދަދު

1

ޝަރުތު

  1. ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ފައިނޭންޝިއަލް މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ފައިނޭންޝިއަލް މެނޭޖްމަންޓްގެ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ
  3. ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު،  ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ
  4. ފައިނޭންޝިއަލް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ފައިނޭންޝިއަލް މެނޭޖްމަންޓްގެ ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޭޖެންސީ ޓެންޑަރ ކޮމެޓީގެ  އެންމެހައި މަސައްކަތްތައް ހިންގައި ސުޕަވައިޒުކޮށް ބެލެހެއްޓުން.
  2. މިނިސްޓްރީގެ ޑިޕާޓްމަންޓް ތަކާއި ސެކްޝަންތަކާއި ޔުނިޓްތަކަށް ބޭނުންވެގެން ހޯދަންޖެހޭ ނުވަތަ ގަންނަންޖެހޭ ތަކެތި ގަނެދިނުމުގެ މަސައްކަތްތައް ކުރުވުން.
  3. ސެކްޝަނުން ކުރެވޭ އިޢްލާނުތަކާއި ގުޅިގެން ހުށަހެޅޭ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރުވުން.
  4. މިނިސްޓްރީން ހިންގާ އެކިއެކި މަޝްރޫޢު ތަކާ ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމާބެހޭ ގޮތުން މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުން އަހުލުވެރި ކުރުވުން.                                  
  5. މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢު ތަކާގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް މިނިސްޓްރީގެ ސެކްޝަންތަކުން ކުރާ އިޢުލާނުތަކާއި ގުޅިގެން ދެއްވާ މަޢުލޫމާތު ޝީޓްތަކާއި، ބިޑް ޑޮކިއުމެންޓް ތައްޔާރު ކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއެއްގޮތަށް ކަން ކުރެވޭނެގޮތަށް އެފަރާތްތަކަށް ލަފާދީ އެހީތެރިވެދިނުން.
  6. މިނިސްޓްރީގައި ހުންނަ ފަރނީޗަރާއި އިކްއިޕްމަންޓްސްތައް ރަޖިސްޓަރީ ކުރެވިފައި ވޭތޯ ބެލުން.
  7. މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރުވުން.
  8. މިނިސްޓްރީގެ އެސެޓް މެނޭޖް ކުރުމުގައި ނީލަމަށް ފޮނުވޭ ތަކެއްޗާއި، ގަނެވޭ އަދި ހޯދޭ ހަރުމުދަލުގެ ރެކޯޑްސް ބެލެހެއްޓުމާއި މިނިސްޓްރީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ ކަންތައްތައް ހިންގުން.
  9. މަރާމާތު ކުރުމަށް މިނިސްޓްރީން ބޭރަށް ފޮނުވާ މެޝިނަރީ އާއި އިކްވިޕްމަންޓްސް އަދި ރާއްޖެ އާއި ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، އަނބުރާ ލިބިގެން އެ ސެކްޝަންތަކަށް ޙަވާލުކުރުމުގެ މަސައްކަތްތައް ކުރުވުން.
  10. މިނިސްޓްރީ ތަމްސީލު ކުރުމަށްޓަކައި  ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތަކާއި މިނިސްޓްރީން ބާއްވާ ސެމިނާރ ވޯކްޝޮޕް ތަކާއި، ފަންކްޝަންސް، އިވެންޓްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރުވުން
  11. މިނިސްޓްރީގެ މެޓީރިއަލް މެނޭޖްކުރުމުގެ ގޮތުން މިނިސްޓްރީއަށް ހޯދަންޖެހޭ ހަރުމުދާ ހޯދައި، ސްޓޮކް ބަލަހައްޓައި، ސްޓޮކުން ނައްތާލަން ނުވަތަ އުވާލަންޖެހޭ ތަކެތި އުވާލުމާއި، ނީލަމަށް ތަކެތި ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ގަވާއިދާ އެއްގޮތަށް ހިންގާ ތޯ ބެލުން.
  12. މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެގްރީމެންޓްތައް ތައްޔާރުކުރުވައި  އެގްރީމެންޓް ތަކުގައި ސޮއިކުރުވުން.
  13. މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ ބޭފުޅުން ފުރުވުމުގެ ކަންތަކާއި ވީ. އައި.ޕީ ފެންވަރުގައި ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުން.
  14. ޕްރޮކިއުމަންޓުން އެއްއަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި އަހަރީ ރިޕޯޓަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުން.
  15. ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  16. މީގެ އިތުރުން މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރި މީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރުން. 

މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  2. ސަރުކާރުގެ ޕްރޮޖެކްޓުތަކުގައި ފައިސާއާ ބެހޭ މަސައްކަތް.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ  (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  •   ސުންގަޑި: 27 ނޮވެންބަރު 2014 ވާ ބުރާސްފަތި  ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  •   އިންޓަރވިއުއާއި އިމްތިޙާނުކުރުން 30 ނޮވެންބަރު  2014 އާއި 29 ޑިސެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

13 މުޙައްރަމް 1435  

06 ނޮވެންބަރު 2014
ހޯދާ